ކ. މާލެ
|
7 އޭޕްރިލް 2023 | ހުކުރު 13:04
ހުކުރު ނަމާދެއްގެ ތެރެއިން
ހުކުރު ނަމާދެއްގެ ތެރެއިން
ރާއްޖެއެމްވީ
ބަދުރު ހަނގުރާމަ
ބަދުރު ހަނގުރާމައިގެ މަތިވެރި ނަސްރުން ލިއްބައިދޭ ފިލާވަޅަކީ މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާ ދެންނެވުންކަން!
ބަދުރު ހަނގުރާމައަށް ތައްޔާރުވަމުން ދިޔަ ހިނދު ކީރިތި ރަސޫލާ ދެ އަތްޕުޅު އުފުއްލަވައި މާތްﷲ ގެ ހަޟްރަތުގައި ނަސްރަށް އެދިވަޑައިގެން އާދޭސް ދަންނަވައި ދުޢާ ކުރައްވަމުން ގެންދެވި

ބަދުރު ހަނގުރާމައިގެ މަތިވެރި ނަސްރުން ލިއްބައިދޭ ފިލާވަޅަކީ މުއުމިނުންގެ އެންމެ ބާރުގަދަ ހަތިޔާރަކީ ދުޢާ ދެންނެވުންކަން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

"ބަދުރު ހަނގުރާމައިގެ ފިލާވަޅުތައް" މި މައުޟޫގެ އިއްވި ޚުތުބާގައި ބުނީ ބަދުރު ހަނގުރާމައަށް ތައްޔާރުވަމުން ދިޔަ ހިނދު ކީރިތި ރަސޫލާ ދެ އަތްޕުޅު އުފުއްލަވައި މާތްﷲ ގެ ހަޟްރަތުގައި ނަސްރަށް އެދިވަޑައިގެން އާދޭސް ދަންނަވައި ދުޢާ ކުރައްވަމުން ގެންދެވި ކަމަށެވެ.

ހައްދަވައި ބޮޑު ކުރެއްވި ރަސްކަލާކޯއެވެ! ޤުރުއިޝުންގެ ބޮޑުން، ކިބުރުވެރިކަމާއެކު، އެމީހުންގެ އަސްވާރުންނާއިގެން އައިސް އެ ތިބީ އިބަ ﷲއަށް އަދާވާތްތެރިވެ، އިބަ ރަސްކަލާނގެ ރާސޫލާ ދޮގުކޮށްފައެވެ. ހައްދަވައި ބޮޑުކުރެއްވި ރަސްކަލާކޯއެވެ! އިބަ ރަސްކަލާނގެ އެއުރެންގެ މައްޗަށް ދެއްވާނެކަމަށް ވައުދުވެ ވޮޑިގެންފައިވާ ނަސްރު މިއަޅާއަށް ދެއްވާނދޭވެ! އަދި މިއަޅާއަށް އިބަރަސްކަލާނގެ ދެއްވަން އިރާދަކުރެއްވި ކަންތައްތައް ފުއްދަވައި ދެއްވާނދޭވެ! ހައްދަވައދި ބޮޑު ކުރެއްވި ރަސްކަލާކޯއެވެ! މުސްލިމުންގެ ތެރެއިން މިތިބަ މީސްކޮޅު ޤަތުލުވެ ހިނގައްޖެނަމަ، އިބަ ރަސްކަލާނގެއަށް ދެން ބިމުގައި އަޅުކަން ނުކުރެވޭނެތެވެ.

މި މޭރުމުން އާދޭސް ދެންނެވުމުގައި އެކަލޭގެފާނުގެ ކޮނޑުފުޅުގައި އޮތް ރިދާކޮޅު ވެއްޓުނުއިރު ވެސް ދެއަތްޕުޅު އުފުއްލަވައިގެން އެގޮތުގައި ދެމިހުންނެވިއެވެ. އެހިނދު މާތްﷲ ރުއްސުންލެއްވި އަބޫބަކުރު ސިއްދީޤް އެ ރިދާކޮޅު ނަންގަވައި، ރަސޫލާގެ ކޮނޑުފުޅުގައި އަޅުއްވައިދެއްވިއެވެ. އަދި ދެންނެވިއެވެ. ނަބިއްޔާއެވެ! ހަމަކަށަވަރުން މާތްﷲ ކަލޭގެފާނަށް ވައުދު ފުއްދަވައި ދެއްވާނެތެވެ.

ޚުތުބާގައި އިތުރަށް ބުނީ ބަދުރު ހަނގުރާމައިން ދަސްކޮށްދޭ އަނެއް ފިލާވަޅަކީ ނަސްރު ލިބޭނީ އެންމެން އެކަތިގަނޑަކަށްވެ، މާތްﷲ ގެ ދީނުގައި ހިފަހައްޓައިގެން ކަމަށެވެ. ހަމައެފަދައިން ބައިބައިވުމާއި ވަކިވުމުގެ ނުރައްކާތެރިކަން ބަދުރު ހަނގުރާމައިން ދަސްކޮށްދޭ ކަމަށެވެ. ނަސްރަކީ މާތްﷲ ދެއްވާ އެއްޗެއްކަން ބަދުރު ހަނގުރާމައިން ދަސްކޮށްދޭ ކަމަށާއި އެއީ ފަހަރެއްގައި ވެސް ލަޝްކަރުގެ ބައިބޯކަމާއި ހަތިޔާރުގެ މޮޅުކަމަށް ބިނާވެފައި އޮންނަ ކަމެއް ނޫންކަމަށް ޚުތުބާގައި ބުންޏެވެ.

ރަމަޟާން މަހުގެ ފަހުދިހައިގެ ބަރަކާތްތެރި ރޭތަކާއި ދުވަސްތައް އަހަރުމެންނާއި ބައްދަލުކުރާނެ ކަމަށާއި އެރޭތަކާއި ދުވަސްތަކުގައި ހަވާނަފްސުގެ މައްޗަށް ޖިހާދުކޮށް ނަސްރު ހޯދުމަށް ޚުތުބާގައި ވަނީ ނަސޭހަތްތެރިވެފައެވެ. މި ރަމަޟާން މަހުގައި ހިނގާފައިވާ ތާރީޚީ ހާދިސާތަކުން އެނގި ކަށަވަރުވަނީ ރަމަޟާން މަހަކީ މުރާލިކަމާއި ހީވާގިކަން އިސްކޮށް ގަދައަޅައި މަސައްކަތް ކުރުމުގެ މައްސަރު ކަމެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް