ބޭނުންވާ ތަކެތި
- 5 ފޮތި ޕާން
- 2/3 ސަމުސާ ލޮނުމެދު ޕޭސްޓް
- 40ގ ބަޓަރ
- 1.5 ސަމުސާ މާމުއި
- 1 ފިޔާ (ކިއުބްކޮށް ކޮށާފައި)
- 5 ސޮސެޖް
- 1 ދަޅު މަސް
- 1/2 ޖޯޑު އޮލިވްސް (ބްލެކް)
- 150ގ މޮޒެރެއްލާ ޗީޒް
- ޕާސްލޭ (ކުދިކޮށް ކޮށާފައި)
- 3 ސަމުސާ ޓޮމާޓޯ ސޯސް
- 4 ފޮތި ޗީޒް ( ދެ ބަޔަކަށް ކަފާލާފައި)
ތައްޔާރުކުރާނެ ގޮތް
ފުރަތަމަ ޕާން ފޮތި މެދުން ދެ ބަޔަށް ކަފާލާށެވެ. ދެން ވަށް ޓްރޭއެއްގައި ޕާން ފޮތިތައް ކުޑަކޮށް އުފުލިފަ ހުންނަ ގޮތަށް ބަހައްޓާށެވެ. ދެން މާމުއި އާއި ލޮނުމެދު ޕޭސްޓް ކުޑަކޮށް ސަމުސަލުން އެއްކޮށްލުމަށްފަހު، ޕާން ފޮތި މަތީގައި ހާކާލާށެވެ. އެއަށްފަހު އޭގެ މަތީގައި ޗީޒް ފޮތިތައް ފަތުރާލާށެވެ. ދެން ޗީޒް ފޮތީގައި ސަމުސަލުން ޓޮމާޓޯ ސޯސް ހާކާލާށެވެ. އެއަށްފަހު ކޮށާފައި ހުރި ފިޔާ، ސޮސެޖް، އޮލިވްސް އަދި މޮޒެރެއްލާ ޗީޒް އަދި އެންމެ މަތީ ލޭޔަރަށް ޕާސްލޭ އަޅާލާށެވެ. ދެން 200 ޑިގްރީ އަށް ހޫނު ކުރުމަށްފަހު 12 މިނިޓް ވަންދެން ފިހެލާށެވެ. ފިހެނިމުމުން މައްޗަށް އަނެއްކާވެސް ޕާސްލޭ ކޮޅެއް ބުރުވާލާށެވެ.