ލެމަން ބްރައުނީސް
2 އޭޕްރިލް 2023 | އާދީއްތަ 13:09
ލެމަން ބްރައުނީސް
ލެމަން ބްރައުނީސް
ޑެލިޝިއަސް އެންޑް އީޒީ ރެސިޕީ

ބޭނުންވާ ތަކެތި

  • 3/4 ޖޯޑު ފުށް
  • 1/4 ސަމުސާ ލޮނު
  • 3/4 ޖޯޑު ހަކުރު
  • 1/2 ޖޯޑު ބަޓަރ
  • 2 ބިސް
  • 2 ސަމުސާ ލެމަން ޖޫސް
  • 1/2 ޕައުޑަރޑް ހަކުރު
  • 1 ސަމުސާ ލެމަން ތޮށި ގާނާފައި

ތައްޔާރުކުރާނެ ގޮތް

ފުރަތަމަ ފުށް، ހަކުރު، ލޮނު އަޅައިގެން މިކްސް ކޮށްލުމަށްފަހު، ބަޓަރ ދިޔާކޮށްފައި އަޅައިގެން ހޭންޑް މިކްސަރ އަކުން ގިރަމުން ދާށެވެ. ދެން ވަކި ބޯތައްޓެއްގައި ބިހާއި، ލެމަން ޖޫސް، އަދި ލެމަންގެ ބޭރު ތޮށި ގޭނުމަށްފަހު، ގިރާލާށެވެ. ދެން ކުރިން ތައްޔާރު ކުރި ފުށްގަނޑު ތެރެއަށް އެޅުމަށްފަހު ހޭންޑް މިކްސަރ އިން ރަނގަޅަށް އެއްވެ އޮމާންވަންދެން ގިރާށެވެ. އެއަށްފަހު ޓްރޭއެއްގައި 25 މިނިޓް ފިހެލާށެވެ. ދެން ފިހެ ނިމުމުން ހިހޫކޮށްލަން ބަހަޓާށެވެ.

ދެން މުގުރި ހަކުރާ، ލެމަން ތޮށި، ލެމަން ޖޫސް އަޅާފައި ސަމުސަލުން އެއްކޮށްލާށެވެ. ކުޑަ ފެން ކޮޅެން އަޅައިގެން އަނެއްކާވެސް ގިރާލާށެވެ. އެއަށްފަހު، ކުރިން ފިހުނު ކޭކްގެ މަތީ ލޭޔަރަށް ފަތުރާލާށެވެ. ދެން އޭގެ މައްޗަށް ލެމަން ތޮށި ގާނާފައި ބުރުވާލާށެވެ. އެއަށްފަހު ހަތަރެސްކަން ބައްޓަމަށް ކަފާލާށެވެ.

- ކޮމެންޓް