އެމެރިކާގެ ކުރީގެ ރައީސް ޑޮނަލްޑް ޓްރަމްޕްގެ މައްޗަށް ނިއުޔޯކުގެ ގްރޭންޑް ޖޫރީން ދައުވާ ކުރުމާއެކު، އެމެރިކާ މިހާރު ޖެހިފައި ވަނީ މީގެ ކުރިން ލަފާ ކުރެވިފައި ނުވާ، އަދި ތާރީޚުވެސް ދެކެފައި ނުވާ ފަދަ ވަރުގަދަ ކޮޅިގަނޑެއްގައެވެ. ހަމަ މިއާއެކު، ޖިނާއީ މައްސަލަ ކުރިއަށްދާނެ ގޮތަކާ މެދު ގިނަ ސުވާލުތަކެއް އުފެދިފައެވެ.
މެންހަޓަން ޑިސްޓްރިކްޓް އެޓާނީގެ އޮފީހުން، ޓްރަމްޕް ތަހުގީގު ކުރަމުން އަންނަނީ 2016 ވަނަ އަހަރުގެ ރިޔާސީ އިންތިޚާބާ ހަމައަށް, ބަރަހަނާ ފިލްމު ކުޅޭ ސްޓޯމީ ޑެނިއަލްސް އާއި ގުޅިގެން ހަޝް މަނީ ޕޭމަންޓް ސްކީމެއްގައި ބައިވެރިވުން އޮތްކަމަށް ތުހުމަތު ކުރެވޭ އަދި އެކަން ފޮރުވަން އުޅުމާއި ގުޅިގެންނެވެ.
ދައުވާ އުފުލާފައިވާއިރު، ސީލްގެ ދަށުން އެކަން ހުށަހެޅި އަދި ހާމަކޮށްފައި ނުވި ނަމަވެސް، ޓްރަމްޕާއި އޭނާގެ އެކުވެރިން ވަނީ މިހާރުވެސް ޑިސްޓްރިކްޓް އެޓާނީ އެލްވިން ބްރެގް އާއި ގްރޭންޑް ޖޫރީގެ ނިންމުމަކީ "ތާރީހުގައި އެންމެ މަތީ ފެންވަރުގައި ސިޔާސީ އަނިޔާއާއި އިންތިޚާބީ ތަދައްޚުލުވުން" ކަމަށް ބުނެފައެވެ.
ކޮން ދައުވާއެއް ހެއްޔެވެ؟
ދައުވާގައި ޓްރަމްޕަށް ވިޔަފާރީގެ މަކަރާއި ހީލަތާ ގުޅޭ 30 އަށް ވުރެ ގިނަ ދައުވާ އުފުލާފައިވާ ކަމަށް ރިޕޯޓްކޮށްފައިވެއެވެ.
ކުރީގެ ރައީސް އަންނަ އަންގާރަ ދުވަހު މެންހަޓަންގެ ކްރިމިނަލް ކޯޓަށް ހާޒިރުވާނެ ކަމަށް ބެލެވުނު ނަމަވެސް ހާޒިރުކުރާނެ ވަގުތު އަދިވެސް ހާމައެއް ނުކުރެވެއެވެ.
މެންހަޓަން ޑިސްޓްރިކްޓް އެޓާނީ އޮފީހުން ފެށި ތަހުގީގު ފެށުނީ ޓްރަމްޕް ވައިޓް ހައުސްގައި ހުންނަވަނިކޮށް ކަމަށާއި އެއީ ޓްރަމްޕްގެ އޭރުގެ ޕާސަނަލް އެޓާނީ މައިކަލް ކޯހެން ރިޔާސީ އިންތިޚާބުގެ ދުވަސްތަކެއް ކުރިން 2016 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ފަހުކޮޅު ޑޭނިއަލްސް އަށް 130،000 ޑޮލަރު ދީފައިވަނީ މީގެ ދިހަ އަހަރު ކުރިން ޓްރަމްޕާ އެކު ގުޅުން ހިންގި ކަމަށް ތުހުމަތު ކުރެވޭ މައްސަލައާ ބެހޭ ގޮތުން އާންމުންނާ ހަމައަށް ނުދިއުމަށެވެ. ޓްރަމްޕް ވަނީ އެކަން ދޮގު ކުރައްވާފައެވެ.
ކުރަން އުޅެނީ ކޮން ދައުވާތަކެއް ހެއްޔެވެ؟
މި ތަހުގީގުގައި ޓާގެޓަކަށް ވެފައި ވަނީ ޑެނިއަލްސް އަށް ދިން ފައިސާ އާއި ޓްރަމްޕް އޮގަނައިޒޭޝަން އިން ކޯހެން އަށް ފައިސާ އަނބުރާ ދެއްކުމާއި ގުޅޭ ކަންތަކުގައެވެ.
ކޯހެން އަށް ފެޑެރަލް ޖިނާއީ ދައުވާތަކެއް ކުރިމަތިވި އިރު ކޯޓަށް ހުށަހެޅި މައްސަލަތަކުގައިވާ ގޮތުން ޓްރަމްޕް އޮގަނައިޒޭޝަންގެ އެގްޒެކެޓިވުން ވަނީ، އަސްލު 130،000 ޑޮލަރުގެ ފައިސާ އާއި ޓެކްސް ދައްކަންޖެހޭ ފައިސާ އަދި ދީފައިވާ ހަދިޔާގެ ވާހަކަ ފޮރުވުމަށް ޖުމްލަ 420،000 ޑޮލަރު ދެއްކުމުގެ ހުއްދަ އޮގަނައިޒޭޝަންގެ އެގްޒެކެޓިވް ލެވެލްއިން ދީފައިވެއެވެ. އެ ކުންފުނިން ވަނީ އަނބުރާ ދެއްކި ފައިސާއަކީ ގާނޫނީ ހަރަދެއްގެ ގޮތުގައި އެކުންފުނީގެ އެތެރޭގެ ފޮތްތަކުގައި ފާހަގަކޮށްފައެވެ. ޓްރަމްޕް ވަނީ އެ ފައިސާ ދެއްކިކަން އެނގިވަޑައިނުގަންނަވާ ކަމަށް ވިދާޅުވެފައެވެ.
ހަޝް މަނީ ޕޭމަންޓްސް އަކީ ގާނޫނާ ހިލާފު ކަމެއް ނޫނެވެ. ދައުވާ އުފުލުމުގެ ކުރިން ޕީޖީން ދިޔައީ ޓްރަމްޕް އޯގަނައިޒޭޝަންގެ ވިޔަފާރީގެ ރެކޯޑްތައް ދޮގުކުރި ކަމުގެ ދައުވާ ޓްރަމްޕްގެ މައްޗަށް އުފުލާނެތޯ ނުވަތަ ނޫންތޯ ބަލަމުންނެވެ. ވިޔަފާރީގެ ރެކޯޑްތައް ދޮގުކުރުމަކީ ނިއުޔޯކުގައި ކުށެކެވެ.
އަދި އެހެން ކުށެއް ކުރުމުގެ ނިޔަތުގައި ނުވަތަ އެހެން ކުށަކަށް އެހީތެރިވުމަށް ނުވަތަ ފޮރުވުމުގެ ނިޔަތުގައި ރެކޯޑެއް ދޮގުކުރި ކަމަށް ބުނެ ފުރަތަމަ ދަރަޖައިގައި ވިޔަފާރީގެ ރެކޯޑްތައް ދޮގުކުރުމުގެ ދައުވާ ޓްރަމްޕްގެ މައްޗަށް ޕްރޮސެކިއުޓަރުން ބަރުދަން ކުރަމުން ދިޔައެވެ. އެއީ ކްލާސް އީ ފެލޯނީއެއް ކަމަށާއި މަދުވެގެން އެއް އަހަރާއި ހަތަރު އަހަރާ ދޭތެރޭގެ ހުކުމެއް އަންނާނެއެވެ. އެ މައްސަލަ ސާބިތު ކުރުމަށްޓަކައި ޕީޖީން ޓްރަމްޕް ކުށެއް ކުރަން ގަސްތުކުރާކަން ދައްކަން ޖެހޭނެއެވެ.
ނިއުޔޯކް ސްޓޭޓްގެ ރައްޔިތުން ޑޮނަލްޑް ޓްރަމްޕާ ދެކޮޅަށް
ޓްރަމްޕްގެ މައްސަލަ ބައްލަވާ ގާޒީ ވަނީ ބަންދުކޮށްފައިވާ ގްރޭންޑް ޖޫރީގެ ދައުވާ އާންމުކޮށް ހާމަކުރުމަށް ބްރެގް އެދުނު ކަމަށް ބުރާސްފަތި ދުވަހު ނެރުނު އަމުރެއްގައި ސޮއިކޮށްފައެވެ.
އެ އަމުރުގެ މަތީގައި އޮތީ ކޭސް ނަމެވެ. އޭގައި ލިޔެފައިވަނީ "ދަ ޕީޕަލް އޮފް ދަ ސްޓޭޓް އޮފް ނިއުޔޯކް އަގެއިންސްޓް ޑޮނަލްޑް ޖޭ ޓްރަމްޕް" ނުވަަތަ ނިއުޔޯކްގެ ރައްޔިތުން ޑޯނަލްޑް ޖޭ ޓްރަމްޕާއިދެކޮޅަށް އެވެ.
ގާޒީ ޖުއާން މާޗަން އަމުރުގައި ލިޔުއްވާފައިވާ ގޮތުގައި އެ ހާމަކުރުމަކީ "އާންމު މަސްލަހަތަށްޓަކައި އަދި އެ ކޯޓުގެ އިޚްތިޔާރުގެ އެކަށީގެންވާ ބޭނުންކުރުމެއް" ކަމަށް އެ ލިޔުމުގައިވެއެވެ.
ޓްރަމްޕް ރައްދު ދެއްވީ ކިހިނެއް؟
ޓްރަމްޕްގެ މައްޗަށް ދައުވާ ކުރަން ގްރޭންޑް ޖޫރީން ނިންމުމުން ޓްރަމްޕް ކަންބޮޑުވި ކަމަށް އޭނާއާ ސީދާ ވާހަކަ ދެއްކި މީހަކު ބުންޏެވެ. ކުރީގެ ރައީސް މިދިޔަ ހަފްތާގައި ދައުވާއެއް އުފުލަން ތައްޔާރުވަމުން ދަނިކޮށް، ދައުވާ އުފުލުމަށް ހަފްތާތަކެއް ނުވަތަ އެއަށްވުރެ ގިނަ ދުވަސް އޮތްކަމަށް ގަބޫލުކުރެވެން ފެށިއެވެ.
ކުރީގެ ރައީސް ވަނީ އެ މައްސަލައިގައި ގޯސްކޮށް ކަންތައް ކުރި ކަމަށް ތަކުރާރުކޮށް ދޮގުކޮށް، ދައުވާ އުފުލާފައިވާ ޚަބަރުތަކާ ގުޅިގެން ބްރެގް އާއި އެހެން ޑިމޮކްރެޓުންނަށް ދޭ ހަމަލާތައް ކުރިއަށް ގެންދަވާފައެވެ.
"އަހަރެން ގަބޫލުކުރާ ގޮތުގައި މި ވިޗް-ހަންޓްގެ ސަބަބުން ޖޯ ބައިޑަންއަށް ވަރަށް ބޮޑަށް ބެކްފައިރ ކުރާނެ،" ކުރީގެ ރައީސް ޓްރަމްޕް ބުރާސްފަތި ދުވަހު ނެރުނު ބަޔާނެއްގައި ވިދާޅުވިއެވެ.
އެމެރިކާގެ ރައްޔިތުންނަށް ވިސްނޭ ރެޑިކަލް ލެފްޓް ޑިމޮކްރެޓުން މިތަނުގައި ކުރާ ކަންތައްތައް ސީދާ. ކޮންމެ މީހަކަށްވެސް ފެންނަން އެބަހުރި. އެހެންވީމާ އަޅުގަނޑުމެންގެ މޫވްމަންޓް، އަދި އަޅުގަނޑުމެންގެ ޕާޓީ – އެއްބައިވަންތަކޮށް ވަރުގަދަކޮށް – ފުރަތަމަ އަލްވިން ބްރެގް ބަލިކުރާނަން، އަދި ދެން އަޅުގަނޑުމެން ޖޯ ބައިޑަން ބަލިކުރާނަން، އަދި އަޅުގަނޑުމެން މި ކްރޫކްޑް ޑިމޮކްރެޓުންގެ އެންމެ ފަހު ކޮންމެ މީހަކު މަގާމުން ބޭރަށް އުކާލަން މިއުޅެނީ އަނެއްކާވެސް "މޭކް އެމެރިކާ ގްރޭޓް އަގެއިން"ޑޯނަލްޑް ޓްރަމްޕް
ޓްރަމްޕްގެ ލަފާދޭ ފަރާތްތަކާއި އެކުވެރިން ވަނީ ކުރީގެ ރައީސްގެ މައްޗަށް އިންސާފުވެރި ޝަރީއަތެއް ނުލިބޭނެ ސަބަބެއްގެ ގޮތުގައި އިޝާރާތްކޮށް، މެންހަޓަންގައި ކުރީގެ ރައީސްގެ މައްޗަށް ޝަރީއަތް ހިންގާފާނެތީ ކަންބޮޑުވުން ފާޅުކޮށްފައެވެ.
ނަމަވެސް ޓްރަމްޕްގެ ވަކީލުން މިވަގުތު ތަން ބަދަލުކުރުމަށް އެދުމަށް ވިސްނަމުން ނުދާ ކަމަށާއި ދައުވާ ފެންނަންދެން ގިނަ ނިންމުންތަކެއް ނިންމުމަށް ރާވާފައި ނުވާ ކަމަށްވެއެވެ.
ޓްރަމްޕަށް ދެން ވާނީ ކިހިނެއް ހެއްޔެވެ؟
ކުރީގެ ރައީސް އެންމެ ފުރަތަމަ ހުކުރު ދުވަހު ނިއުޔޯކުގައި ހަވާލުވުމަށް އެންގި ނަމަވެސް އޭނާގެ ދިފާއުގައި ބުނީ އިތުރު ވަގުތު ބޭނުންވާ ކަމަށާއި އަންގާރަ ދުވަހު ކޯޓަށް ހާޒިރުވާނެ ކަމަށް ބެލެވޭ ކަމަށެވެ.
ކުރީގެ ރައީސްގެ ފުރަތަމަ ކޯޓަށް ހާޒިރުވުމާ ބެހޭގޮތުން ބުނާނަމަ، އެއީ، ބައެއް ގޮތްގޮތުން، އެހެން ދައުވާ ލިބޭ ފަރާތެއްގެ ހާޒިރު ފަދައިން، އަދި އަނެއްބައި ގޮތްގޮތުން ވަރަށް ތަފާތު ގޮތަކަށް ފެންނާނެ ކަމެކެވެ.
ފުރަތަމަ ހާޒިރުވުމަކީ އާންމުކޮށް ހުޅުވާލައިގެން ބާއްވާ އަޑުއެހުމެކެވެ. ދައުވާ ލިބޭ މީހަކު ހައްޔަރު ކުރަން ނުޖެހޭނަމަ، ގާނޫނު ތަންފީޒުކުރާ ފަރާތްތަކަށް ހިލޭސާބަހަށް ހަވާލުވުމުގެ އިންތިޒާމު އެމީހުން ނުވަތަ އެމީހުންގެ ވަކީލުންނާ އެކު ހަމަޖައްސައެވެ. ކޯޓަށް ފުރަތަމަ ހާޒިރުވުމުން އާންމުކޮށް ދައުވާ ލިބޭ ފަރާތްތަކުގެ މައްޗަށް ދައުވާކޮށް އިނގިލީގެ ނިޝާން ނަގައެވެ. އަދި ފުރަތަމަ ހާޒިރުވުމަކީ ވެސް ދައުވާއެއް ނަމަ ދައުވާއެއް ވަދެވޭނެ ކަމަށް ބެލެވެއެވެ.
ޓްރަމްޕްގެ މައްޗަށް ދައުވާއެއް އުފުލާފައިވާ އިރު އެހެން އެއްވެސް ދައުވާއެއް ލިބޭ މީހަކު ކުރިމަތިލާން ޖެހޭ ވަކި ޕްރޮސެސްތަކެއް ތަހައްމަލު ކުރަން ޖެހޭނެއެވެ. އެކަމަކު މިހާރު އަނެއްކާވެސް ވައިޓް ހައުސްއަށް ވާދަކުރައްވާ ކުރީގެ ރައީސްއެއްގެ ގޮތުގައި ޓްރަމްޕްގެ ހައިސިއްޔަތުން ޝައްކެއްވެސްނެތްގޮތުގައި އޭނާގެ މައްސަލައިގައި ދެން އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭގޮތުން އިތުރު ސަލާމަތާއި ކަންބޮޑުވުންތަކެއް އުފެދިގެންދާނެއެވެ.
މިއީ ތަފާތު ހާލަތެއްތަ؟
މިއީ ތަފާތު ހާލަތެއްތޯ ކުރެވޭ ސުވާލުގެ ޖަވާބުގައި ދެންނެވޭނީ އާނއެކެވެ. މިއީ އެމެރިކާގެ ތާރީހުގައި މިހާރުގެ ނުވަތަ ކުރީގެ ރައީސަކަށް ޖިނާއީ ދައުވާ އުފުލާ ފުރަތަމަ ފަހަރެވެ.
ހަމައެކަނި އެއީ ތާރީޚީ ކަމެއް ކަމުގައި ވެގެންދެއެވެ. އެކަމަކު ޓްރަމްޕް ވެރިކަމަށް ފައި ވިއްދާފައިރު، އަދި 2024 ވަނަ އަހަރުގެ ރިޔާސީ ކެމްޕޭން އާ މަރުހަލާއަކަށް ޖައްސާލާފައިވާއިރު، ކުރީގެ ރައީސް ވަނީ ޖިނާއީ ދައުވާތަކާއެކުވެސް ކުރިމަތިލައްވާނެ ކަމަށް ވައުދުވެވަޑައިގެންފައެވެ.
ސިޔާސީ ގޮތުން ޓްރަމްޕަށް މިކަމުގެ މާނައަކީ ކޮބައި ހެއްޔެވެ؟
އެއީ މިތަނުގައި އުފެދޭ އެތައް ބޮޑު ސުވާލެއްގެ ތެރެއިން އެއް ސުވާލެވެ. މިހާތަނަށް ކޮންގްރެސްގެ ރިޕަބްލިކަން ޕާޓީގެ ގިނަ އަދަދެއްގެ މެމްބަރުން ވަނީ ޓްރަމްޕްގެ ދިފާއުގައި އެއްވެ، ޓްވިޓާގައި ބްރެގް އަށް ހަމަލާދީ، ޑިސްޓްރިކްޓް އެޓާނީގެ މައްޗަށް ސިޔާސީ ސިހުރުގެ ޝިކާރަވެރިއެއްކަމަށް ސިފަކޮށްފައެވެ.
"އައުޓްރޭޖިއަސް،" ޓްރަމްޕްގެ ތަހުގީގާ ގުޅޭ ގޮތުން ބްރެގް ކޮންގްރެސްގެ ކުރިމަތީގައި ހެކިބަސް ދިނުމަށް ޑިމާންޑް ކުރެއްވި ރިޕަބްލިކަން ޕާޓީގެ ކޮމިޓީގެ އެއް ޗެއާމަން އޮހައިއޯގެ ހައުސް ޖުޑިޝަރީގެ ޗެއާމަން ޖިމް ޖޯޑަން ކުރެއްވި ޓްވީޓެއްގައިވެއެވެ.
ޓެކްސަސްގެ ރިޕަބްލިކަން ޕާޓީގެ ސެނެޓަރު ޓެޑް ކްރޫޒް ވަނީ މި ދައުވާއަކީ "މުޅިން ކުރިން ނުފެންނަ ދައުވާއެއް" ކަމަށް ވިދާޅުވެ، އެއީ "އަދުލު އިންސާފުގެ ނިޒާމުގައި ހަތިޔާރު އެޅުމުވުން" ކަމަށް ވިދާޅުވެފައެވެ.
އަދި ދައުވާއަށް ދޭ ރައްދުގެ ތެރެއިން ޓްރަމްޕާއި އޭނާގެ ޓީމުން އާންމު ވާހަކަ ބައްޓަން ކުރުމަށް މަސައްކަތް ކުރާއިރު ޑިމޮކްރެޓުންނާއި ތަހުގީގާއި ބްރެގްގެ ގައިގައި އެކި ގޮތްގޮތުން މީޑިއާތަކުގައި ސެރޮގޭޓްތައް ރޯލްއައުޓް ކުރާނެ ކަމަށް ޓްރަމްޕާ ގާތް މަސްދަރުތަކުން ބުނެއެވެ.
ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް އަދިވެސް ރައީސް ކަމަށް ކުރިމަތިލެވޭނެ ހެއްޔެވެ؟
ޓްރަމްޕްގެ މައްޗަށް ދައުވާ އުފުލި ނަމަވެސް އަދިވެސް ރައީސް ކަމަށް ކުރިމަތިލެވޭނެ ހެއްޔެވެ. މި ސުވާލުގެ އޮތީ އެންމެ ޖަވާބެކެވެ. އާނއެކެވެ.