ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 07:50
އަރބަންކޯ
އަރބަންކޯ
އަރބަންކޯ
އަރބަންކޯ
އެޗްޑީސީ ރީބްރޭންޑުކޮށް "އަރބަންކޯ" އަށް ބަދަލުކޮށްފި
"އަރބަންކޯ އެޕް" ވެސް ވަނީ ލޯންޗުކޮށްފަ
އެޗްޑީސީގެ ލޯގޯވެސް މިހާރު ވަނީ ބަދަލުކޮށްފައި

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) ރީބްރޭންޑުކޮށް، "އަރބަންކޯ" އަށް ބަދަލުކޮށްފިއެވެ.

އެޗްޑީސީ ރީބްރޭންޑުކޮށް ކުންފުނީގެ ނަން ބަދަލުކޮށްފައިވަނީ އެކުންފުނީގެ 22 ވަނަ އަހަރީ ދުވަހާ ގުޅިގެން ހޮނިހިރު ދުވަހުގެރޭ ބޭއްވި ރަސްމިއްޔާތުގައެވެ.

މި ރީބްރޭންޑާއެކު އެކުންފުނީގެ ނަމާއި ލޯގޯވެސް "އަރބަންކޯ" އަށް ވަނީ ބަދަލުކޮށްފައެވެ. މި ބަދަލާއެކު ކުންފުނީގެ އަމާޒަކީ, ސަރުކާރުގެ ވިސްނުމާއި އެއްގޮތަށް ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ކައުންސިލްތަކާއި ގުޅިގެން ގެނެވެން ހުރި ތަރައްޤީގެ މަސައްކަތްތައް ބަލާ، ލިބިފައިވާ ތަޖުރިބާ އާއި ހޯދިފައިވާ ކާމިޔާބީތަކުގެ ބޭނުންކޮށް ރައްޔިތުންނަށް ފައިދާ ހުރި ކަންތައްތައް ކުރުންކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ.

މީގެ އިތުރުން އެކުންފުނީގެ އައު މޯބައިލް އެޕްލިކޭޝަން "އަރބަންކޯ އެޕް" ވެސް ވަނީ ލޯންޗުކޮށްފައެވެ. މި އެޕްލިކޭޝަންގެ ތެރެއިން އާންމުންނަށް ވަގުތުން މައްސަލަތައް ރިޕޯޓުކޮށް، ޝަކުވާ ހުށަހެޅުމުގެ ފުރުސަތު ލިބިގެންދާނެއެވެ. މީގެ އިތުރަށް ކޯޕަރޭޝަންގެ މަސައްކަތްތައް ބަލާލުމާއި، އިވެންޓްތައް ބަލާލުން، ބެލެންސް ޗެކްކޮށްލުން ފަދަ ހުރިހާ އާންމު ޚިދުމަތްތަކެއް ލިބިގެންދާނެއެވެ.

އަރބަންކޯއިން ބުނީ އަބަދުވެސް މަސައްކަތްކުރާނީ އެ ކޯޕަރޭޝަންގެ ޚިދުމަތްތައް އާންމުންނަށް ވީހާވެސް ފަސޭހައި ހޯދޭނެ މަގެއް ފަހިކޮށްދިނުމަށް ކަމަށެވެ. އަދި ރައްޔިތުންނާ ބަދަހި ގުޅުމެއް އޮންނަ ކޯޕަރޭޝަނަކަށް ހެދުން ކަމަށް އަރބަންކޯއިން ވަނީ ބުނެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް