ކ. މާލެ
|
2 އޭޕްރިލް 2023 | އާދީއްތަ 01:02
ގަސްތަކަށް ސިލްވަރލީފް ޑިޒީޒް ޖައްސާ ފަންގަސް
ގަސްތަކަށް ސިލްވަރލީފް ޑިޒީޒް ޖައްސާ ފަންގަސް
ވަޔަން
ފަންގަސް އިންފެކްޝަން
ގަސްގަހުގައި ޖަހާ ވައްތަރުގެ ފަންގަސް އިންފެކްޝަނެއް ޖެހުނު ފުރަތަމަ އިންސާނަކަށް އިންޑިޔާގެ ފިރިހެނަކު
މިއީ މައިކްރޯ އޯގަނިޒަމް ގަހުން ނުވަތަ ގަސްގަހުން އިންސާނަކަށް އެރި ފުރަތަމަ ފަހަރެވެ.

ގަސްގަހުގައި ޖަހާ ވައްތަރުގެ ފަންގަސް އިންފެކްޝަނެއް ޖެހުނު ފުރަތަމަ އިންސާނަކަށް އިންޑިޔާގެ ކޮލްކަތާ ސިޓީ އަށް ނިސްބަތްވާ، އުމުރުން 61 އަހަރުގެ ފިރިހެނަކު ވެއްޖެއެވެ. ޑޮކްޓަރުން ބުނާ ގޮތުގައި މިއީ މައިކްރޯ އޯގަނިޒަމް ގަހުން ނުވަތަ ގަސްގަހުން އިންސާނަކަށް އެރި ފުރަތަމަ ފަހަރެެވެ.

ގަސްގަހަށް ޖެހޭ ފަންގަހުގެ ކަންކަން ދަސްކޮށް އެދާއިރާގައި މަސައްކަތް ކުރަމުންދާ އެމީހާވަނީ އޭނާގެ އައިޑެންޓީޓީ ސިއްރު ކުރުމަށް އެދިފަ ކަމަށް ވެއެވެ. އޭނާޔަށް ތަފާތު ސިއްހީ އުނދަގޫތަކެއް ވާތާ ތިންމަހެއްހާ ދުވަސްފަހުން އޭނާ އެޕޯލޯ މަލްޓިސްޕެޝަލިޓީ ހޮސްޕިޓަލްސް އަށް ދިޔަކަމަށް ވެއެވެ. އޭނާއަށް ވާންފެށި އުނދަގޫތަކުގެ ތެރޭގައި އަޑު ބަރުވުން، ކެއްސުން، އާދަޔާ ޚިލާފަށް ވަރުބަލިވުން، ހިން ދިރުވަން އުނދަގޫވުން އަދި އެނޮރެކްސިޔާ ނުވަތަ ބަރުދަން ލުއިވުމާއި ކާހިތް ނުވުން ހިމެނެއެވެ.

ހޮސްޕިޓަލަށް ގޮސް ހެދި މެޑިކަލް ޓެސްޓްތަކާއި ސީޓީ ސްކޭނުން ހާމަވި ގޮތުގައި އޭނާގެ ކަރުތެރޭގައި ފޮޅުތަކެއް ނަގައި ދޮސްލާގޮތް ވަނީ ވެފައެވެ. އެއަށް ފަހު ސާމްޕަލްތައް ނަގާ ޑަބްލިއުއެޗްއޯގެ ރިރަސޗް ސެންޓަރަކަށް ފޮނުވައިގެން ހެދި ތަހުލީލުތަކުން ހާމަވެފައިވާ ގޮތުގައި އޭނާގެ ހަށިގަނޑުން ވަނީ ގަސްގަހަށް ސިލްވަރލީފް ޑިޒީޒް ޖައްސާ ފަންގަސް ފެނިފައެވެ. މި ވައްތަރުގެ ފަންގަހަކީ އާންމު ގޮތެއްގައި ފިނިފެންމާ ގަހުގެ ވައްތަރުތަކަށް އާންމުކޮށް ޖެހޭ ސިލްވަރލީފް ޑިޒީޒް ޖައްސާ ފަންގަހެކެވެ. އެހެން ކަމުން މި ފަންގަހުގެ ސަބަބުން އިންސާނަކު ބަލިވި މިއީ ފުރަތަމަ ފަހަރު ކަން ޑޮކްޓަރުން ފާހަގަ ކުރެއެވެ. އާންމުކޮށް ތަހުލީލުތައް ހަދާގޮތަށް މައިކްރޮސްކޯޕުންނާއި އަދި ކަލްޗަރ ޓެސްޓުތަކުން ވެސް ފަންގަހުގެ ބާވަތް ދެނެގަންނަން އުނދަގޫވި ކަމަށާއި އެދެވޭ ނަތީޖާއެއް ހާސިލްވީ ސީކުއެންސިންގ ހަދައިގެން ކަމަށް މިކޭސްއާ ބެހޭ ރިޕޯޓުގައި ބުނެފައި ވެއެވެ.

މިފެނުނު އައު ކަންތަކުގެ ސަބަބުން ސިއްހީ އެކްސްޕަރޓުންގެ މެދުގައިވަނީ ކަންބޮޑުވުން އުފެދިފައެވެ. އެހެނީ މިއީ ގަސްގަހާގެހިން އިންސާނުންނަށް ބަލި އެރުމާއި ބެހޭގޮތުން ކުރިން އެމީހުން ގަބޫލު ކުރަމުން އައި ގޮތާ އިދިކޮޅު ކަމަކަށް ވާތީ އެވެ.

ގަހުން ފަންގަސް އެރި 61 އަހަރުގެ މީހާ އަށް އެންޓިފަންގަލް މެޑިކޭޝަންގެ ދެވައްތަރެއްގެ ބޭސް ދެމަސް ދުވަސް ވަންދެން ދިނުމަށްފަހު އެއްކޮށް ވަނީ ރަނގަޅު ވެފައެވެ.

މައުލޫމާތު : ވިއޯން ޗެނަލް    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް