ކ. މާލެ
|
31 މާރޗް 2023 | ހުކުރު 21:22
އިންޑިޔާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ
އިންޑިޔާގެ އިދިކޮޅު ލީޑަރު ރާހުލް ގާންދީ
ވަޔަން
ރާހުލް ގާންދީ
ރާހުލް ގާންދީ އަނެއްކާ ހޫނުފެނަށް؟
ރާހުލް ގާންދީގެ މައްޗަށް މިހާރުވެސް ވަނީ އަބުރުގެ ދައުވާ ސާބިތުވެ، 2 އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައި

އިންޑިޔާގެ އިދިކޮޅު ނެޝަނަލް ކޮންގްރެސް ޕާޓީގެ ކުރީގެ ލީޑަރު ރާހުލް ގާންދީއާ ދެކޮޅަށް ކޯޓަށް ދާން ގަސްތުކުރާކަމަށް އިންޑިއަން ޕްރެމިއަރ ލީގްގެ ކުރީގެ ޗެއާމަން ލަލީތު މޯދީ ބުނެފިއެވެ. ލިބެމުންދާ މީޑިޔާ ރިޕޯޓްތައް ބުނާގޮތުގައި, ލަލީތު މޯދީ އަބުރުގެ ދައުވާ ވައްދަން ބޭނުންވަނީ ވެސް އިނގިރޭސިވިލާތުގެ ކޯޓަކަށެވެ. އެއީ "މޯދީ" މިނަން ކިޔާ މީހުންނަކީ ވަގުން ކަމަށް ދޭހަވާ އިބާރާތަކުން ރާހުލް ދެއްކެވި ވާހަކަފުޅަކާ ގުޅިގެންނެވެ.

ހަމަ މި މައްސަލާގައި މޯދީ ކިޔާ އެހެން މީހަކު ކުރި އަބުރުގެ ދައުވާއަކާ ގުޅިގެން ރާހުލް ގާންދީގެ މައްޗަށް ކުށް ސާބިތުވެ، މިދިޔަ ހަފުތާގައި ވަނީ 2 އަހަރުދުވަހުގެ ޖަލު ހުކުމެއް އިއްވާފައެވެ. އެއާއެކު ރާހުލް ގާންދީ މަޖިލީހުގައި ފުރުއްވަމުން ގެންދެވި ގޮނޑިވެސް ވަނީ ގެއްލިފައެވެ. މި މައްސަލަ އިސްތިއުނާފް ކުރަން 30 ދުވަހުގެ މުއްދަތެއް އޭނާއަށް ލިބިވަޑައިގަންނަވާނެއެވެ. އެހެންކަމުން އަދި މި ހުކުމް ތަންފީޒެއް ނުކުރެއެވެ.

2019 ވަނަ އަހަރުގެ އެޕްރިލް މަހުގެ ތެރޭގައި، އިންޑިޔާގެ އާންމު އިންތިޚާބާ ދިމާކޮށް ކަރްނާޓަކާ ސްޓޭޓްގައި ރާހުލް ގާންދީ ދެއްކެވި ވާހަކަފުޅެއްގައި އޭނާ ވަނީ؛ ނީރަވް މޯދީ، ލަލީތު މޯދީ، ނުވަތަ ނަރެންދުރަ މޯދީ ކަމުގައި ވީނަމަވެސް ހުރިހާ ވަގުންގެ ނަމުގެ ފަހަތަށް "މޯދީ" މިނަން އަންނަނީ ކީއްވެތޯ ސުވާލު ކުރައްވާފައެވެ. ނީރަވް މޯދީއަކީ ފިލައިގެން އުޅޭ ޑައިމަންޑް ވިޔަފާރިވެރިއެކެވެ. ލަލީތު މޯދީއަކީ މިހާރު އަބުރުގެ ދައުވާ ކުރާނެ ކަމަށް ބުނެފައިވާ، އިންޑިއަން ޕްރެމިއަރ ލީގްގެ ކުރީގެ ޗެއާމަންއެވެ.

ރާހުލް ގާންދީއާ ދެކޮޅަށް ފުރަތަމަ އަބުރުގެ ދައުވާ ކުރައްވާފައިވަނީ ބީޖޭޕީގެ އިސް މެމްބަރު، ޕޫރްނޭޝް މޯދީއެވެ.

އަނެއްކޮޅުން ޚަބަރު ލިބޭގޮތުގައި، އަބުރުގެ ދައުވާއާގުޅޭ މައްސަލާގައި ބުރާސްފަތި ދުވަހު ވަނީ، ރާހުލް ގާންދީގެ އިތުރުން ދައުވާކުރި ބައެއް ފަރާތްތަކުގެ ބަޔާން ނެގުމަށް ކޯޓަށް ހާޒިރުކޮށްފައެވެ. 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް