ކ. މާލެ
|
28 މާރޗް 2023 | އަންގާރަ 18:06
ތ.ތިމަރަފުށި
ތ.ތިމަރަފުށި
ތިމަރަފުށި އޮންލައިން
ތިމަރަފުށި ގޮނޑުދޮށް ހިމާޔަތްކުރުން
ތިމަރަފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްކުރާނެ ބަޔަކު ހޯދުމަށް އިއުލާންކޮށްފި
ބިޑުތައް ހުޅުވުން އޮންނާނީ 11 އޭޕްރިލް ވާ އަންގާރަ ދުވަހުގެ 11:00 ގައި
މިމަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ފެށޭނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައި

ޑިޒައިން އެންޑް ބިލްޑް އުސޫލުން ތ.ތިމަރަފުށި ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަސައްކަތްކޮށްދޭނެ ފަރާތެއް ހޯދުމަށް އިއުލާންކޮށްފިއެވެ.

ފިނޭންސް މިނިސްޓްރީން ބުނީ މި މަސައްކަތަށް ބިޑު ހުށަހެޅުމުގެ ފުރުޞަތު މިކަމަށް ޝަރުޠުހަމަވާ ފަރާތްތަކަށް ހުޅުވާލާކަމަށެވެ. މި މަސައްކަތަށް ޝަރުޠުހަމަވާ ފަރާތެއް ހޯދުމުގެ ކަންތައް ކުރިޔަށް ގެންދެވޭނީ ނޭޝަނަލް ކޮމްޕެޓިޓިވް ބިޑިންގ (އެން.ސީ.ބީ) އުޞޫލުގެ މަތިންނެވެ.

މި ބީލަމުގައި ބައިވެރިވުމަށް  ފައްސަތޭކަ ރުފިޔާގެ ނޮން-ރިފަންޑަބަލް ރަޖިސްޓްރޭޝަން ފީއެއް ދައްކަންޖެހޭނެއެވެ. ފައިސާ ބަލައިގަންނާނީ 29 މާރިޗު ން  06 އެޕްރީލް އަށް، ބަންދު ނޫން ކޮންމެ ދުވަހެއްގެ 8:30 އިން 14:00 (ރަމަޟާން މަހު: 09:30 އިން 13:00) އަށް، ފިނޭންސް މިނިސްޓްރީގެ އޮންލައިން ޕޭމަންޓް ޕޯޓަލް - ބަނޑޭރި ޕޭ މެދުވެރިކޮށެވެ.

މި ޕްރޮޖެކްޓުގެ ބިޑްސެކިޔުރިޓީގެ ގޮތުގައި -/130,000.00ރ (އެއްލައްކަ ތިރީސްހާސް ރުފިޔާ) ހުށަހަޅަން ޖެހޭނެއެވެ. ބިޑް ސެކިޔުރިޓީގެ މުއްދަތަކީ ބިޑް ހުޅުވާ ތާރީޚުންފެށިގެން 148 ދުވަހެވެ. ބިޑުތައް ހުޅުވުން އޮންނާނީ 11 އޭޕްރިލް ވާ އަންގާރަ ދުވަހުގެ 11:00:00 ގައި މިނިސްޓްރީގެ ނެޝަނަލް ޓެންޑަރގެ ޖަލްސާކުރާ މާލަމުގައެވެ.

މިއަހަރުގެ ބަޖެޓްގައި ތިމަރަފުށި ގޮނޑުދޮށް ހިމާޔަތްކުރުމަށް 220,000 ރުފިޔާ ވަނީ ކަނޑައަޅާފައެވެ. މިމަޝްރޫޢުގެ އަމަލީ މަސައްކަތް މިއަހަރުގެ ޖޫން މަހުގެ 30 ވަނަ ދުވަހު ފެށޭނެކަމަށް ސަރުކާރުން ވަނީ ލަފާކޮށްފައެވެ.  

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް