Advertisement
ކ. މާލެ
|
27 މާރޗް 2023 | ހޯމަ 21:39
ހޯމަ ދުވަހު އައްޑޫގައި ހިނގި އެކްސިޑެންޓް
ހޯމަ ދުވަހު އައްޑޫގައި ހިނގި އެކްސިޑެންޓް
ވަގުތު.އެމްވީ
އައްޑޫގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި
މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ ބޮޑުމަގުގައި
އެ މީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުން

އައްޑޫ ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފިއެވެ.

މި އެކްސިޑެންޓް ހިނގާފައިވަނީ އައްޑޫ ސިޓީގެ ހިތަދޫ ބޮޑުމަގުގައެވެ.

މައުލޫމާތު ލިބިފައިވާ ގޮތުގައި މިއެކްސިޑެންޓް ހިނގާފައިވަނީ ބާރު ސްޕީޑްގައި ދުއްވާފައި ދިޔަ އެމްބިއުލާންސް ގޮސް ސައިކަލުގައި ޖެހިގެންނެވެ. އަދި ސައިކަލުގައި އިން މީހާ އެމްބިއުލާންސްގެ ދަށުވި ކަމަށް މަންޒަރު ދުށް މީހުން ބުނެއެވެ.

Advertisement

ފޮޓޯތަކުން ފެންނަ ގޮތުގައި އެމްބިއުލާންސްގެ ކުރީކޮޅަށް ބޮޑެތި ގެއްލުންތައް ލިބިފައިވެއެވެ.

މިހާރު އެ މީހާއަށް ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓާއި ގުޅޭގޮތުން ފުލުހުންގެ ބަހެއް ވަނީ އަދި ލިބޭގޮތް ނުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް