ކ. މާލެ
|
20 މާރޗް 2023 | ހޯމަ 08:49
ރައީސްގެ މަންދޫބުން އުއްޗުގެ އަރިހަށް
ރައީސްގެ މަންދޫބުން އުއްޗުގެ އަރިހަށް
ޓްވިޓަރ
ސިޔާސީ މަސްރަހު
ރައީސްގެ މަންދޫބުން އުއްޗުގެ އަރިހަށް
މި ބައްދަލުވުމާއި ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވޭ
ބައްދަލުވުން ކުރިއަށް ގެންދިޔައީ ކުރެއްދޫ އައިލެންޑް ރިސޯޓުގައި

އެމްޑީޕީގެ ރިޔާސީ ކެނޑިޑޭޓް އަދި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހުގެ މަންދޫބުން ރާއްޖޭގެ އެންމެ ބޮޑެތި ވިޔަފާރިވެރިންގެ ތެރޭގައި ހިމެނިވަޑައިގަންނަވާ މުހައްމަދު މޫސާ (އުއްޗު)އާ ބައްދަލުކުރައްވައިފި އެވެ.

ކުރެއްދޫ އައިލެންޑް ރިސޯޓުގައި ކުރިއަށް ގެންދިޔަ އެ ބައްދަލުވުމުގައި ބައިވެރިވެވަޑައިގަންނަވާފައި ވަނީ އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ލީޑަރު މުހައްމަދު އަސްލަމާއި ހުޅުމާލެ ދާއިރާގެ މެންބަރު އަލީ ނިޔާޒުގެ އިތުރުން ދުވާފަރު ދާއިރާގެ މެންބަރުން އިސްމާއީލް އަހްމަދު އެވެ.

މި ބައްދަލުވުމާއި މިބައްދަލުވުމާ ގުޅޭ އެއްވެސް މައުލޫމާތެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވެސް ވަނީ މީގެ އުއްޗުއާ ބައްދަލުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް
20 މާރޗް 2023 | ހޯމަ 11:09
މުސްލިމް
އުއްޗުއަކީ ކާކު؟ ޖަވާބަކީ އޭނައަކީ ވިޔަފާރިކުރާ ފަރާތެއް. އޭނައަކީ ސިޔާސީ މީހެއް ނޫން. ވެރިކަމުގައި ތިބޭ މީސްމީހުން މި މީހުން ކައިރިއަށް ދާންޖެހޭ ސަބަބަކީ ކޮބާ؟ ސަލާން ޖަހަނީތަ. ދައުލަތުގެ އެންމެ އިސްމީހުން ވިޔަފާރިވެރިންގެ ބުޑަށް ވެއްޓުނީމަ ދެން ގައުމުގެ ރަނގަޅުވާނީ ކޮންކަމެއްހޭ ހިތަށްއަރާ..... ވިޔަފާރިވެރިންނަށް ފަހިވާގޮތަށް ޤާނޫނުތައް ހެދި އެމީހުން ފަރާތުން މަންފާއެއް ނުލިބޭގޮތަށް އަދި އެމީހުން ހިތުހުރިގޮތަކަށް އުޅެން ދޫކޮށް ޤާނޫނުތައް ހެދިގެން މި ދަނީ.... މަޖިލީހުގައި އެމީހުންގެ ރެޕްރެޒެންޓޭޓިވްއެއް ފެންނަށް ނެތަސް ޤާނޫނުތައް ހެދިގެން ދަނީ އެމީހުން ބުނާ ތައްގަނޑަށް.