Advertisement
ކ. މާލެ
|
17 މާރޗް 2023 | ހުކުރު 13:07
ޢީދު ނަމާދެއްގެ ތެރެއިން
ޢީދު ނަމާދެއްގެ ތެރެއިން
ރާއްޖެއެމްވީ
ރަމަޟާން މަހަށް ތައްޔާރުވުން
ރަމަޟާންމަހާ ކުރިމަތިލުމަށް ފުރިހަމަ ތައުބާއަކުން ތައުބާވޭ!
ރަމަޟާންމަހަކީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ މަހެއް
މި މައްސަރާ މުސްލިމް ކުރިމަތިލާންޖެހޭނީ ފުރިހަމަ އީމާންކަމާއެކުގައި
ރޯދައަށް ތައްޔާރުވުމަށް ރޯދައިގެ ޝަރުއީ ހުކުމްތައް ދެނެގަންނަންޖެހޭ

މުސްލިމުންނާ ކުރިމަތިވަމުން އަންނަ ބަރަކާތްތެރިވެގެންވާ ރަމަޟާން މަހަށް ތައްޔާރުވުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުން ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

ހުކުރު ޚުތުބާ ޚާއްސަކޮށްފައިވަނީ "ރަމަޟާންމަހަށް ތައްޔާރުވުން" މި މައުޟޫއަށެވެ. ޚުތުބާގައި ބުނީ މުސްލިމުންގެ ކުރިމަތީގައިވަނީ ހެޔޮކަމާއި ދަރުމައިން ފުރިގެންވާ މެހެމާނެއް ކަމަށެވެ. މި މަތިވެރި މެހުމާނަށް އެކަށީގެންވާ އިސްތިގުބާލަކުން އިސްތިގުބާލު ކުރަންޖެހޭކަމަށެވެ.

Advertisement

މި މައްސަރާ ކުރިމަތިލުމަށް އެންމެ ފުރަތަމަ ކުރަންޖެހޭ ކަމަކީ ފުރިހަމަ ތައުބާއަކުން ތައުބާވުން ކަމަށާއި، ކުށްފާފަތަކުން ދުރުހެލިވެ، އިސްލާހުވުން ކަމަށެވެ.

މާތް ﷲ ވަހީކުރައްވާފައިވެއެވެ، އަދި ތައުބާ ނުވާ މީހުންނަކީ އަނިޔާވެރިންނެވެ.
ހުކުރު ޚުތުބާ

މި ބަރަކާތްތެރިވެގެންވާ މައްސަރުގެ ދުވަސްތަކާ މުސްލިމުން ކުރިމަތިލާންވާނީ ފުރިހަމަ އީމާންކަމާއެކު އެ މައްސަރުގެ ފުރިހަމަ ދަރުމައާއި ސަވާބަށް އެދޭ ހާލުގައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ރަމަޟާންމަހަކީ ތަގުވާވެރިކަމަށް ވާސިލްކޮށްދޭ ހުރިހާ ސަބަބުތައް ޖަމާވާ މަތިވެރި މައްސަރެއް ކަމަށާއި، އަހަރުގެ އެހެން މަސްތަކާ ޚިލާފަށް އަޅުކަމުގައި ހީވާގިވެ، ވަރުގަދަ އަޒުމެއްގައި މި މައްސަރާ ކުރިމަތިލާންޖެހޭކަމަށް ބުނެފައިވެއެވެ.

ނަފުސު ހެޔޮކަންކަމަށް ތަރުބިއްޔަތުކޮށް ހޭނެވުމަށް މިއަށްވުރެ މަތިވެރި ރަނގަޅު ދުވަސްތަކެއް ލިބޭނެހެއްޔެވެ؟
ހުކުރު ޚުތުބާ

ރޯދައަށް ތައްޔާރުވުމަށް ރޯދައިގެ ޝަރުއީ ހުކުމްތައް ދެނެގަންނަންޖެހޭ ކަމަށް ޚުތުބާގައި ބުނެފައިވެއެވެ. ރޯދައިގެ މަތިވެރިކަމާއި ފުރިހަމަ ސަވާބާއި ދަރުމަ ލިބޭގޮތަށް ރޯދަ ހިފަން ދަސްކުރަންޖެހޭ ކަމަށާއި، އެއީ ރޯދައިގެ ހިސާބެއްނެތް މަތިވެރިވެގެންވާ އަޖުރު ލިބިގަތުމަށްޓަކައި ކަމަށް ޚުތުބާގައި ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް