Advertisement
ހދ. ކުޅުދުއްފުށި ސިޓީ
|
15 މާރޗް 2023 | ބުދަ 12:50
ކުޅުދުއްފުށި ސިޓީގައި މިއަދު ހިނގި އެކްސިޑެންޓް
ކުޅުދުއްފުށި ސިޓީގައި މިއަދު ހިނގި އެކްސިޑެންޓް
ސޯޝަލްމީޑިއާ
ނުރައްކާތެރި އެކްސިޑެންޓް
ކުޅުދުއްފުށި ސިޓީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި 4 މީހަކަށް ފަރުވާދެނީ
މިއެކްސިޑެޓްގައި އަނިޔާވި 4 މީހަކަށް ދަނީ ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލްގައި ފަރުވާދެމުން

ކުޅުދުއްފުށި ބަންޑާރަމަގުގައި ތިން ސައިކަލު ޖެހި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައިފި އެވެ.

ބަންޑާރަމަގުގެ ސަތޭކަ ފިހާރައާ ދިމާލުގައި ހިނގި މި ނުރައްކާތެރި އެކްސިޑެންޓްގައި ހަތަރު މީހަކަށް އަނިޔާވެގެން ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލުގައި އަންނަނީ ފަރުވާދެމުންނެވެ. އަދި ލިބިފައިވާ އަނިޔާގެ ތަފްސީލެއް އަދި ހާމަކޮށްފައެއް ނުވެއެވެ.

Advertisement

މި އެކްސިޑެންޓްގައި އަނިޔާވި ހަތަރު މީހުންގެ ތެރޭގައި އުމުރުން ދުވަސް ދެ މަފިރިޔަކުވެސް ހިމެނެ އެވެ. އެއީ 66 އަހަރުގެ ދެ މީހުންނެވެ. އަނެއް ދެ ސައިކަލުގައި ތިބީ 19 އަހަރުގެ ފިރިހެނަކާއި 29 އަހަރުގެ ފިރިހެނެކެވެ.

މިއަދުގެ 11:15 ގައި މި ހަތަރު މީހުންވެސް ކުޅުދުއްފުށީ ރީޖަނަލް ހޮސްޕިޓަލަށް ގެންގޮސް އަންނަނީ ފަރުވާދެމުންނެވެ. ފުލުހުން ދަނީ މިހާދިސާ ތަހުޤީގު ކުރަމުންނެވެ. އެހެންނަމަވެސް އަދި އިތުރު ތަފްސީލް ހާމަކޮށްފައެއް ނުވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް