ކ. މާލެ
|
14 މާރޗް 2023 | އަންގާރަ 12:14
ފުލުހުންގެ ވެހިކަލަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް
ފުލުހުންގެ ވެހިކަލަކާއި ސައިކަލެއް ޖެހި ހިނގި އެކްސިޑެންޓް
ސޯޝަލްމީޑިއާ
ނުރައްކާތެރި އެކްސިޑެންޓެއް ހިނގުން
އަންގާރަ ދުވަހުގެ ހެނދުނު ދެ އެކްސިޑެންޓް ހިނގައި، ސައިކަލު ދުއްވި މީހުންނަށް އަނިޔާވެއްޖެ
ހުޅުމާލޭގައި ވެސް ސަރުކާރުގެ ކާރަކާއި ސައިކަލެއް ޖެހި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައި
ހުޅުމާލެ ހޮސްޕިޓަލްގައި ދެމީހުންނަށް ވެސް ދަނީ ފަރުވާ ދެމުން

ސިނަމާލެ ބްރިޖު ކައިރީގައި ނުރައްކާތެރި އެކްސިޑެންޓެއް ހިނގައި މީހަކަށް އަނިޔާވެއްޖެ އެވެ.

މިއެކްސިޑެންޓް ހިނގާފައިވަނީ އަންގާރަ ދުވަހުގެ ހެނދުނު 7:49 ހާއިރެވެ.

ފުލުހުން ބުނީ ސިނަމާލެ ބްރިޖު ޓްރެފިކް ލައިޓް ކައިރީގައި މި އެކްސިޑެންޓް ހިނގީ ފުލުހުންގެ ވެހިކަލަކާއި ސައިކަލެއް ޖެހިގެން ކަމަށާއި، މިއެކްސިޑެންޓާއި ގުޅިގެން ބަލަންޖެހޭ ކަންކަން ބަލަމުންދާ ކަމަށެވެ.

މި އެކްސިޑެންޓްގައި ސައިކަލް ދުއްވި މީހާއަށް އަނިޔާވެގެން ހުޅުމާލެ ހޮސްޕިޓަލްގައި ފަރުވާ ދެމުންދާ ކަމަށް ފުލުހުން ބުނެއެވެ.

މީގެ އިތުރުން އަންގާރަ ދުވަހުގެ ހެނދުނު 8:00 ހާއިރު ހުޅުމާލޭގައި ވެސް ސަރުކާރު ކާރަކާއި ސައިކަލެއް ޖެހި ވެސް ވަނީ ނުރައްކާތެރި އެކްސިޑެންޓެއް ހިނގާފައެވެ. މި އެކްސިޑެންޓްގައި ވެސް ސައިކަލު ދުއްވަން އިން މިހާއަށް އަނިޔާވެފައިވެއެވެ. އަދި އެމީހާއާށް ވެސް ހުޅުމާލެ ހޮސްޕިޓަލްގައި ދަނީ ފަރުވާ ދެމުންނެވެ.

މި އެކްސިޑެންޓު ހިނގީ ހުޅުމާލޭ ބޮޑު މަގު ކަމަށްވާ ނިރޮޅުމަގުގައި ހަބީބް ބޭންކް ކުރިމަތިންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް