ކ. މާލެ
|
8 މާރޗް 2023 | ބުދަ 07:05
ސެނަފިޓް ސެންޓަރު ހުޅުވުން
ސެނަފިޓް ސެންޓަރު ހުޅުވުން
އެމްއެންޑީއެފް
ސެނަފިޓް ސެންޓަރ
ކަޅުތުއްކަލާ ކޮށީގައި ސެނަފިޓް ސެންޓަރު ހުޅުވައިފި
މި ޖިމް ހުޅުވާފައިވަނީ އުރީދޫގެ އެހީތެރިކަމާއެކު

މޯލްޑިވްސް ނޭޝަނަލް ޑިފެންސް ފޯސްގެ ކަޅުތުއްކަލާ ކޮށީގައި އެންމެ ޒަމާނީ ވަސީލަތްތަކާއެކު ގާއިމުކުރެވުނު ޖިމް "ސެނަފިޓް ސެންޓަރު" ހުޅުވައިފިއެވެ.

ކަޅުތުއްކަލާ ކޮށީގައި ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ސެނަފިޓް ސެންޓަރު ހުޅުއްވައިދެއްވީ ދިފާއީ ވަޒީރު އަލްއުސްތާޛާ މާރިޔާ އަޙްމަދު ދީދީ އާއި އުރީދޫ މޯލްޑިވްސްގެ ޗެއަރޕަރސަން ފާތިމާ އަލް ކުވާރީ އެވެ.

ސެނަފިޓް ސެންޓަރައަކީ ސިފައިންގެ ގިނަބަޔަކަށް އެއްފަހަރާ ޖިމް ބޭނުންކުރެވޭނެ އިންތިޒާމް ހަމަޖައްސައި ދިނުމަށާއި އަދި ކުރިން ޖިމުން ލިބެން ނެތް އައު ވަޞީލަތްތައް ސިފައިންނަށް ފޯރުކޮށްދިނުމުގެ ބޭނުމުގައި، ސިފައިންގެ ލީޑަރޝިޕް އިން ވަރަށް ބޮޑު އިސްކަމެއްދެއްވައިގެން އުރީދޫ މޯލްޑިވްސްގެ އެހީއާއެކު ޤާއިމްކުރެއްވި ޖިމްއެކެވެ. މިއީ، އުރީދޫގެ އިތްޖިމާއީ ޒިންމާގެ ތެރެއިން، ޞިއްޙަތާއި ދުޅަހެޔޮކަމަށް އުރީދޫއިން ދޭ އަހައްމިއްޔަތުކަމުގެ ދަށުން، އެމްއެންޑީއެފް އަށް ވެދިން އެހީތެރި ކަމެކެވެ.

ސެނަފިޓް ސެންޓަރު ހުޅުވުމަށް ބޭއްވި ޚާއްޞަ ރަސްމިއްޔާތުގައި ޗީފް އޮފް ޑިފެންސް ފޯސް މޭޖަރ ޖެނެރަލް ޢަބްދުﷲ ޝަމާލާއި، ވައިސް ޗީފް އޮފް ޑިފެންސް ފޯސް ބްރިގޭޑިއަރ ޖެނެރަލް ޢަބްދުއްރަޙީމް ޢަބްދުއްލަޠީފާއި، އުރީދޫ މޯލްޑިވްސްގެ މެނޭޖިންގ ޑިރެކްޓަރު ޚާލިދު އަލް ހާމާދީއާއި، ސިފައިންގެ ޖެނެރަލް އޮފިސަރުންގެ އިތުރުން އުރީދޫ މޯލްޑިވްސްގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް