Advertisement
ކ. މާލެ
|
7 މާރޗް 2023 | އަންގާރަ 18:45
އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއިލް (އިބުރާ)
އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއިލް (އިބުރާ)
ރާއްޖެއެމްވީ
ޤާނޫނު އަސާސީގެ މަސައްކަތް
"ޓްރާންސިޝަން އަށް ދާ ވަގުތު ޤާނޫނު އަސާސީ އޮޔާ ހިނގައިދާނެތީ ބިރު ހީވޭ"
ގާނޫނު އަސާސީ މާނަކުރަމުންދާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް އިބުރޭ ވަނީ ހިއްސާކުރައްވާފައި
ޤާނޫނު އަސާސީގެ ފުރިހަމަ ބޭނުން ނުހިފޭ ކަމަށް އޭނާ ވަނީ ވިދާޅުވެފައި

އަދިވެސް ރާއްޖެ އޮތީ ޤާނޫނު އަސާސީ އާއި އެއްގޮތަށް ބަދަލުވުން ނުވަތަ ޓްރާންސިޝަންގެ މަރުހަލާގައި ކަމަށާއި އެ މަރުހަލާ ނިމޭ އިރު ޤާނޫނު އަސާސީ އޮޔާ ހިނގައިދާނެ ކަމުގެ ބިރު ހީވެފައިވާ ކަމަށް އެމްޑީޕީގެ އެންމެ ފުރަތަމަ ރައީސް އިބްރާހީމް އިސްމާއިލް (އިބުރާ) ވިދާޅުވެއްޖެއެވެ.

އިބުރާ މިފަދއިން ވިދާޅުވީ ގާނޫނު އަސާސީ މާނަކުރަމުންދާ ގޮތާ މެދު ހުރި ކަންބޮޑުވުންތައް ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދާއި އޭނާ ހިއްސާ ކުރައްވާފައިވާތީ ރައީސް ނަޝީދު ޖުޑީޝަރީ ކޮމިޓީ އަށް ހުށަހެޅުއްވި މައްސަލަ އާއި ގުޅިގެން އެ ކޮމިޓީގައި ވާހަކަދައްކަވަމުންނެވެ. ރައްޔިތުންގެ ހާއްސަ މަޖިލީހުން ގާނޫނު އަސާސީ ޑްރާފްޓު ކުރިއިރު އެ ކޮމެޓީގެ މުގައްރިރުކަންވެސް އަދާކުރައްވާފައިވާ އިބުރާ ވިދާޅުވީ ޤާނޫނު އަސާސީ ގެނައި މަގްސަދު އަދިވެސް ހާސިލް ނުވާ ކަމަށެވެ. ޤާނޫނުތައް ހެދުމަށް ފަހު އޭގެ ދަށުން ހަދަން ޖެހޭ ގަވާއިދުތައް އެކުލަވާލަމުން ގޮސް ޤާނޫނުގެ މަގްސަދު ގެއްލޭ ހިސާބަށް ބައެއް ޤަވާއިދުތައް ހަދާފައިވާކަމަށާއި އެއީ ކަންބޮޑުވާ ކަމެއް ކަަމަށް އޭނާ ވިދާޅުވިއެވެ. އެގޮތުން ޤާނޫނެއްގެ ދަށުން ހިނގަމުންދާ މަސައްކަތް ހުއްޓޭ ގޮތަށް ބައެއް ޤާނުނުތަކަށް ބަދަލު ގެންނަމުންދާ ކަމަށާއި އެއީވެސް ކަންބޮޑުވާ ކަމެއް ކަމަށް އެނާ ވަނީ ވިދާޅުވެފައެވެ.

Advertisement

ޤާނޫނު އަސާސީ އެކުލަވާލި ނަމަވެސް ޤާނޫނު އަސާސީގެ ކުރިން އޮތް ޚިޔާލާއި ފިކުރު އަދިވެސް ނެތިގެން ނުދާކަމަށް އިބުރާ ވަނީ ވިދާޅުވެފައެވެ. އަދި ޤާނޫނަކާއި މެދު ޚިލާފެއް އުފެދުމުން ކޯޓުތަކަށް ދާން ޖެހޭ ގޮތަށް އޮތް އިރު ކޯޓުތަކުގެ ހާލަތު އަދިވެސް އެންމެ ރަނގަޅު ނޫން ކަމަށް އޭނާ ވަނީ ފާހަގަކުރައްވާފައެވެ. މީގެ އިތުރުން މި ސަރުކާރަށް އޭނާ ވަނީ ފާޑުކިޔުންތައް އަމާޒުކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް