Advertisement
ކ. މާލެ
|
6 މާރޗް 2023 | ހޯމަ 19:00
ޖޫސް ޓައިމަށް ގެއްލުންދިނުން
ޖޫސް ޓައިމަށް ގެއްލުންދިނުން
ރާއްޖެއެމްވީ
ޖޫސްޓައިމަށް ގެއްލުންދިން މައްސަލަ
ޖޫސްޓައިމަށް ގެއްލުންދިން މައްސަލާގައި އިތުރު މީހަކު ހައްޔަރުކޮށްފި
މި މީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، ހޯމަ ދުވަހުގެ ވަގުތެއްގައި
ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެއްކަމަށް

ހުޅުމާލޭ ޖޫސް ޓައިމަށް ގެއްލުންދިން މައްސަލާގައި ތުހުމަތުކުރެވޭ އިތުރު މީހަކު ހައްޔަރުކޮށްފައިވާކަމަށް ދިވެހި ފުލުހުންގެ ޚިދުމަތުން ބުނެފިއެވެ.

ފުލުހުން ބުނީ ހައްޔަރުކޮށްފައިވަނީ އުމުރުން 28 އަހަރުގެ ފިރިހެނެއްކަމަށެވެ. މިމީހާ ހައްޔަރުކޮށްފައިވަނީ ކޯޓު އަމުރެއްގެ ދަށުން، ހޯމަ ދުވަހުގެ ވަގުތެއްގައިކަމަށް ފުލުހުން ބުނެއެވެ.

މިމައްސަލާގައި މީގެކުރިން ހައްޔަރުކޮށްފައިވާ 19 އަހަރުގެ މީހާގެ ބަންދަން 15 ދުވަސް ކޯޓުން ޖަހައިދީފައިވާކަމަށް ފުލުހުން ބުނެއެވެ.

ޖޫސްޓައިމަށް ދިން ހަމަލާއާ ގުޅިގެން، ހުޅުމާލޭގެ އެޕާޓްމަންޓެއް ބަލައި ފާސްކުރިއިރު މަސްތުވާތަކެތި ފެނިފައިވާތީ 7 މީހަކު މީގެކުރިން ވަނީ ހައްޔަރުކޮށްފައެވެ.

Advertisement

މި އެޕާޓްމަންޓް ބަލައިފާސްކުރިއިރު، މާރާމާރީ ހިންގުމަށް ބޭނުންކުރާ ބައެއް ތަކެއްޗާއެކު މަސްތުވާތަކެތި ފެނުމާ ގުޅިގެން 7 މީހަކު ހައްޔަރުކޮށްފައިވާކަމަށް ފުލުހުން ބުނެފައިވެއެވެ.

މި މީހުންގެ ތެރޭގައި އަންހެނަކުވެސް ހިމެނޭ ކަމަށާއި، މި އެންމެންނަކީވެސް ދިވެހިން ކަމަށް ފުލުހުން ބުނެއެވެ.

ޖޫސް ޓައިމަށް ވަދެ، މަރުތޭލުން އެތަނަށް ގެއްލުންދިން މީހުންގެ ތެރެއިން އެކަކު މީގެ ކުރިން ހައްޔަރުކޮށްފައިވެއެވެ. އެއީ ހެލްމެޓް އަޅައިގެން މޫނު ނިވާކޮށްގެން ތިބި ދެ މީހެކެވެ. އެތަނަށް އެ މީހުން ވަދެ، ތަކެއްޗަށް ގެއްލުންދޭ ވީޑިއޯއެއް ވަނީ ސޯޝަލް މީޑިޔާގައި ދައުރުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް