Advertisement
ކ. މާލެ
|
3 ޖުލައި 2017 | ހޯމަ 16:53
ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ކުނޫޒުގައި އިދިކޮޅު ފަރާތްތަކުން ބޭއްވި ޖަލްސާއެއްގެ ތެރެއިން
ޓްވިޓަރ
ކުނޫޒު ޖަލްސާ
ކުނޫޒުގައި ހާއްސަ ޖަލްސާއެއް، ރައީސް ނަޝީދާއި ރައީސް މައުމޫނު ވާހަކަފުޅު ދައްކަވާނެ
މިޖަލްސާ އޮންނާނީ ކުނޫޒުގައި
މިއީ ތާރީހީ ޖަލްސާއަކަށް ވެގެންދާނެ
ޝެއިޙް އިމްރާންގެ ހާއްސަ މެސެޖެއް މިރޭގެ ޖަލްސާގައި

އިދިކޮޅު ފަރާތްތަކުން މ.ކުނޫޒުގައި މިރޭ ބާއްވާ ހާއްސަ ޖަލްސާގައި ކުރީގެ ރައީސް މައުމޫނާއި ކުރީގެ ރައީސް މުހައްމަދު ނަޝީދު ވާހަކަފުޅު ދައްކަވާނެ ކަމަށް ގުޅިފައިވާ ސިޔާސީ ޕާޓީތަކުން ހާމަކޮށްފިއެވެ.

 

މިޖަލްސާގެ ތައްޔާރީތަކާއި ގުޅިގެން ރާއްޖެޓީވީއަށް ދެއްވި އިންޓަވިއުއެއްގައި ޖުމްހޫރީ ޕާޓީގެ ސެކްރެޓަރީ ޖެނެރަލް އަހްމަދު ސަމީރު ވިދާޅުވީ ރައީސް މައުމޫނު މިޖަލްސާގައި ބައިވެރިވެވަޑައިގަންނަވާނެ ކަމަށާއި އަދި ރައީސް ނަޝީދު ގައުމުން ބޭރުގައި ހުންނަވައިގެންވެސް މިޖަލްސާގައި ވާހަކަފުޅު ދައްކަވާނެ ކަމަށެވެ.

 

މީގެ އިތުރުން އަދާލަތު ޕާޓީގެ ރައީސް ޝެއިހް އިމްރާންވެސް އެމަނިކުފާނުގެ ފަރާތްޕުޅުންވެސް ހާއްސަ މެސެޖެއް ދެއްވާނެ ކަމަށް ސަމީރު ވިދާޅުވިއެވެ.

 

ކުނޫޒު ޖަލްސާ ފަށާނީ 9:15 ގަ އެވެ. 


މިއީ ރައްޔިތުންގެ މަޖިލީހުގެ ރައީސް އަބްދުﷲ މަސީހުގެ އިތުބާރު ނެތް ކަމުގެ މައްސަލަ 45 މެމްބަރުންގެ ސޮޔާއެކު ހުށަހެޅުމަށްފަހު މި ކާމިޔާބީ ފާހަގަކުރުމަށް ބާއްވާ ވަރަށް ހާއްސަ ޖަލްސާއެކެވެ.

 

 މިޖަލްސާގައި އިދިކޮޅު ސިޔާސީ ޕާޓީތަކުގެ އިސްވެރިންނާއި އަދި އިންސާފަށް ލޯބި ކުރާ ގިނަ ފަރާތްތަކުން ބައިވެރިވާނެ އެވެ. އަދި ޖަލްސާގައި ވީހާވެސް ގިނަ އާންމުު މެމްބަރުން ބައިވެރިވުމަށް އިދިކޮޅު ސިޔާސީ ފަރާތްތަކުން ވަނީ ގޮވާލާފައެވެ 

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް