ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 17:20
ފަލަސްތީނުގެ ރައީސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުން
ފަލަސްތީނުގެ ރައީސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުން
ލައިޝާ އަހްމަދު ރައީސް އޮފީސް
ފަލަސްތީނުގެ ރައީސްއާ ބައްދަލުކުރެއްވުން
ރާއްޖެ އަބަދުވެސް އޮންނާނީ ފަލަސްތީނާއެކު: ރައީސް
ދެގައުމުގެ ގުޅުން ބަދަހިކުރުމަށް ވަނީ މަޝްވަރާކުރައްވާފައި

ރާއްޖެއިން އަބަދުވެސް ފަލަސްތީނާއެކު އޮންނާނެ ކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ދެއްވައިފިއެވެ.

ދޯހާގައި މިހާރު ކުރިޔަށްދާ، އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައި ރައީސުލްޖުމްހޫރިއްޔާ ވަނީ ފަލަސްތީނުގެ ރައީސް މަހުމޫދު އައްބާސްއާ ބައްދަލުކުރައްވާފައެވެ.

މި ބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ދެފަރާތުގެ މަސްލަހަތު ހިމެނޭ ކަންކަމާ ގުޅޭގޮތުން މަޝްވަރާކުރައްވާފައެވެ. މި ބައްދަލު ކުރެއްވުމާއި ގުޅިގެން ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ޞާލިހު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފަލަސްތީނު ރައްޔިތުންނާއެކު ރާއްޖެއިން އަބަދުވެސް އޮންނާނެ ކަމުގެ ޔަގީންކަން އެމަނިކުފާނު ދެއްވި ކަމަށެވެ.

މި ބައްދަލުވުމުގައި ފަލަސްތީނާ ދިވެހިރާއްޖެއާ ދެމެދުއޮތް ގާތް ގުޅުންތައް އިތުރަށް ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރެއްވިއެވެ.

ފަލަސްތީނާ ރާއްޖެއާ ދެމެދު އޮންނަ ގުޅުން އިތުރަށް ބަދަހިލކުރުމަށް މަސައްކަތްތަކެއް ކުރަމުންދާއިރު، ރާއްޖެއިން ވަނީ ފުރަތަމަ ފަހަރަށް ފަލަސްތީނަށް ސަފީރަކު ކަނޑައަޅާފައެވެ.

 ދިވެހިރާއްޖެއާއި ފަލަސްތީނާ ދެމެދު ސިޔާސީ ގުޅުން ޤާއިމުކޮށްފައިވަނީ 4 އޭޕްރިލް 1982 ގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 14 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް