ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 16:59
ސީޝެލްސްގެ ރައީސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުން
ސީޝެލްސްގެ ރައީސްއާއެކު ބޭއްވެވި ބައްދަލުކުރެއްވުން
ލައިޝާ އަހްމަދު ރައީސް އޮފީސް
ސޭޝެލްސްގެ ރައީސްއާ ބައްދަލުކުރެއްވުން
ރައީސުލްޖުމްހޫރިއްޔާ ސޭޝެލްސްގެ ރައީސާ ބައްދަލުކުރައްވައިފި
ތުރުވެރިކަމާއި، މޫސުމަށް އަންނަ ބަދަލުތަކާ ގުޅޭގޮތުން މަޝްވަރާކުރެއްވި
ދެގައުމުގެ ދެމެދުގައި ގުޅުން ބަދަހިކުރެވޭނެ ދާއިރާތަކުން މަޝްވަރާކުރެއްވި

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް، ސީޝެލްސްގެ ރައީސް ވޭވަލް ރަމްކަލަވަންއާ ބައްދަލު ކުރައްވައިފިއެވެ.

މިބައްދަލު ކުރެއްވުން ކުރިޔަށް ދީޔައީ، ދޯހާގައި މިހާރު ކުރިޔަށްދާ، އދ. ގެ އެންމެ ކުޑަކޮށް ތަރައްޤީވެފައިވާ ޤައުމުތަކުގެ 5 ވަނަ ކޮންފަރެންސްގެ ހަވާސާގައެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ފަތުރުވެރިކަމުގެ ސިނާޢަތާއި، މޫސުމަށް އަންނަ ބަދަލުތަކާއި ގުޅޭ މަޝްވަރާތައް ކުރައްވާފައެވެ. މިގޮތުން، ކޯވިޑް-19ގެ ކުރިން އޮތް ހާލަތަށް ފަތުރުވެރިކަން އިޢާދަކުރުމަަށް ދެޤައުމުން ކުރާ މަސައްކަތްތަކާ، މޫސުމީ ބަދަލުތައް ފަދަ ދެޤައުމުގެ މަސްލަޙަތު ހިމެނޭ ކަންކަމުގައި، ބައިނަލްއަޤުވާމީ މައިދާނުގައި ގުޅިގެން މަސައްކަތްކުރުމުގައި، ސްމޯލް އައިލެންޑް ޑިވެލޮޕިން ސްޓޭޓްސް (ސިޑްސް) ގައި އަދި އެލަޔަންސް އޮފް ސްމޯލް އައިލެންޑް ސްޓޭޓްސް (އެއޯސިސް)ގެ މެމްބަރުންގެ ހައިސިއްޔަތުން، މިހާރަށް ވުރެ މުހިއްމު ދައުރެއް އަދާކުރުމާއި ގުޅޭ ގޮތުންވެސް ދެބޭފުޅުން މަޝްވަރާކުރެއްވިއެވެ.

މިބައްދަލުކުރެއްވުމުގައި ދެބޭފުޅުން ވަނީ ސީޝެލްސް އާއި ރާއްޖެއާ ދެމެދު އޮތް ގުޅުން އިތުރަށް ބަދަހިވެ، ބައިނަލްއަގްވާމީ މައިދާނުގައި ގުޅުން ބަދަހިކުރެވޭނެ ގޮތްތަކެއް ހޯދޭނެކަމަށް އުއްމީދު ކުރައްވާ ކަމަށް ވިދާޅުވެފައެވެ.

ދިވެހިރާއްޖެއާ ސީޝެލްސްއާ ދެމެދު ސިޔާސީ ގުޅުން ޤާއިމްކޮށްފައި ވަނީ، 1980 ވަނަ އަހަރުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް