ކ. މާލެ
|
5 މާރޗް 2023 | އާދީއްތަ 15:46
ނައިފަރު ކައުންސިލްގެ އައު އިމާރާތް ހުޅުވުން
ނައިފަރު ކައުންސިލްގެ އައު އިމާރާތް ހުޅުވުން
ލައިޝާ އަހްމަދު އެލްޖީއޭ
ނައިފަރު ކައުންސިލް
ނައިފަރު ކައުންސިލްގެ އައު އިމާރާތް ރަސްމީކޮށް ހުޅުވައިފި
އިމާރާތް ހުޅުއްވައިދެއްވީ އެލްޖީއޭގެ ސީއީއޯ އަފްޝަން ލަތީފް
މި އިމާރާތުގެ ސަބަބުން، އެއް ފުރާޅެއްގެ ދަށުން ޚިދުމަތްތައް ދެވޭނެ
މިއީ 5.9 މިލިއަން ރުފިޔާގެ މަޝްރޫއެއް

ޅ. ނައިފަރު ކައުންސިލް އައު އިމާރާތް ރަސްމީކޮށް ހުޅުވައިފިއެވެ.

މިއީ ލޯކަލް ގަވަރންމެންޓް އޮތޯރިޓީ (އެލްޖީއޭ)ގެ ޕީއެސްއައިޕީ ބަޖެޓުގެ ތެރޭގައި ހިމަނައިގެން ކުރިއަށްގެންގޮސްފައިވާ ޕްރޮޖެކްޓެކެވެ. މާރޗް 1 ވަނަ ދުވަހު މި އިމާރާތް ރަސްމީކޮށް ހުޅުއްވައިދެއްވީ، އެލްޖީއޭގެ ޗީފް އެގްޒެކެޓިވް އޮފިސަރ ފާތިމަތު އަފްޝަން ލަތީފެވެ.

އިމާރާތް ހުޅުވައިދެއްވައި ވާހަކަދައްކަވަމުން އަފްޝަން ވިދާޅުވީ، މި އައު އިމާރާތުގެ ސަބަބުން އެއް ފުރާޅެއްގެ ދަށުން ރައްޔިތުންނަށް ފަސޭހަ އަދި އަވަސް ޚިދުމަތްތަކެއް ދެވިގެންދާނޭކަމަށް އުއްމީދުކުރައްވާކަމަށެވެ. މީގެ އިތުރުން، ނައިފަރަކީ އިލްމު ހޯދުމާއި އިލްމު އުނގެނުމަށް ލޯބިކުރާ ރައްޔިތެއް ދިރިއުޅެމުން އަންނަ ރަށެއްކަމަށާއި، މި ވޭތުވެދިޔަ ހަފުތާގައި އިފްތިތާހު ކުރެވިގެން ދިޔަ މޯލްޑިވްސް އިންސްޓިޓިއުޓް އޮފް ލޯކަލް ގަވަރނެންސްއަކީ ލާމަރުކަޒީ ނިޒާމާ ގުޅޭގޮތުން ސްކޫލްތަކުގެ ދަރިވަރުންނާއި މުސްތަގުބަލުގައި މިދާއިރާއިން ކުރިޔަށްދިއުމަށް ބޭނުންވާ ފަރާތްތަކަށް ގިނަގުނަ މައުލޫމާތާއި ހުނަރު ހޯދިދާނޭ ވަސީލަތެއްކަންވެސް ފާހަގަކުރެއްވިއެވެ.

މި މަޝްރޫއުގެ އަމަލީ މަސައްކަތް ނޮވެމްބަރ 2019ގައި ފަށާ އެއްކޮށް ނިންމާލެވިފައިވަނީ 2021 މެއިގައެވެ.

5.9 މިލިޔަން ރުފިޔާގެ މި މަޝްރޫއު ކުރިޔަށް ގެންގޮސްފައިވަނީ ނާސާ ލިންކު ޕްރައިވެޓް ލިމިޓެޑާއި ހަވާލުކޮށްގެންނެވެ. ކައުންސިލަށް ޖާގައިގެ ދަތިކަން ކުރިމަތިވެ މީގެ ކުރިން ކައުންސިލްގެ މަސައްކަތްތައް ކުރިޔަށް ގެންގޮސްފައިވަނީ ކައުންސިލްގެ މަލްޓި ޕަރޕޯސް ހޯލުގައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް