ކ. މާލެ
|
1 މާރޗް 2023 | ބުދަ 13:20
ގާސިމް އާއި ރައީސް ސާލިހު
ގާސިމް އާއި ރައީސް ސާލިހު
ރައީސް އޮފީސް
ގާސިމް ރައީސްއާ ބައްދަލުކުރެެއްވުން
ކޯލިޝަން ހެދުމާއި ގުޅޭގޮތުން ވާހަކައެއް ނުދައްކަން: ގާސިމް
ޖޭޕީގެ ކައުންސިލުން ކޯލިޝަން ހެދުމާއި ގުޅޭގޮތުން ވަކި ގޮތެއް އަދި ނުނިންމާ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހާ ބައްދަލުކުރެއްވުމަށް ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމް ރައީސް އޮފީހަށް ބުދަ ދުވަހު ވަޑައިގެންފައިވާއިރު ކޯލިޝަން ހެދުމާއި ގުޅޭގޮތުން މަސްވަރާ ނުކުރައްވާ ކަމަށް ވިދާޅުވެއްޖެއެވެ.

ބައެއް މީޑިއާތަކަށް ގާސިމް ވިދާޅުވީ ރައީސް ސާލިހާއެކު ކުރެވުނު މަޝްވަރާ ރައްޔިތުން ބަލަން ނުޖެހޭނެ ކަމަށެވެ. އަދި ކޯލިޝަން ހެދުމާއި ގުޅޭ ގޮތުން ވާހަކަ ދައްކާނީ ޖުމްހޫރީ ޕާޓީގެ ކައުންސިލުން ވަކިގޮތަކަށް ނިންމުމުން ކަމަށެވެ.

ޖޭޕީގެ ކައުންސިލުން ކޯލިޝަން ހެދުމާއި ގުޅޭގޮތުން ވަކި ގޮތެއް އަދި ނުނިންމާ ކަމަށް ވެސް ގާސިމް ވިދާޅުވިއެވެ.

މިއަހަރު ބާއްވާ ރިޔާސީ އިންތިޚާބުގައި ޖުމްހޫރީ ޕާޓީ (ޖޭޕީ) އިން ވަކިން ވާދަކުރުމަށް އެ ޕާޓީގެ ކައުންސިލަށް ވަނީ ލަފާދީފައެވެ. ރިޔާސީ އިންތިޚާބުގެ ފުރަތަމަ ބުރުގައި ޖޭޕީގެ ރިޔާސީ ކެނޑިޑޭޓެއް ވާދަކުރުމަށް ނުވަތަ އެ ޕާޓީ އިސްވެ އުފައްދާ ކޯލިޝަނަކުން ރިޔާސީ އިންތިޚާބުގައި ވާދަކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހުގެ ތިނަދޫ ދެކުނު ދާއިރާގެ ކުރީގެ މެންބަރު އަބްދުﷲ އަހުމަދު ހުށަހެޅުއްވި ގަރާރަށް ބަހުސްކޮށް ވޯޓު ނަގައިފައިވެއެވެ.

ރިޔާސީ އިންތިޚާބާ މެދު ޖޭޕީން އަމަލު ކުރާނެ ގޮތް ނިންމާނީ އެ ޕާޓީގެ ގައުމީ ކޮންފަރެންސް އިން އިންތިޚާބުކުރާ އައު ކައުންސިލުންނެވެ. ޖޭޕީއަކީ މިހާރު އޮތް ސަރުކާރުގެ ކޯލިޝަން ބައިވެރިއެކެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް