Advertisement
ކ. މާލެ
|
1 މާރޗް 2023 | ބުދަ 07:21
އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް
އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް
ރާއްޖެއެމްވީ
ރިޔާސީ އިންތިޚާބު
ވަރަށް އަވަހަށް ކޯލިޝަން އެގްރީމަންޓުގައި ސޮއިކުރެވޭނެ: އެމްޑީއޭ
ކޯލިޝަން އެގްރީމަންޓްގެ ފުރަތަމަ ބައްދަލުވުން ނިމިގެން މިދިޔައީ، މިހާރު ކުރިއަށް ދަނީ ޑްރާފްޓް ކުރުމުގެ މަރުހަލާ

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި މޯލްޑިވިއަން ޑިވެލޮޕްމެންޓް އެލަޔަންސް (އެމްޑީއޭ) އިން މޯލްޑިވިއަން ޑިމޮކްރޮޓިކް ޕާޓީ (އެމްޑީޕީ) އާއެކު ކޯލިޝަން ހަދާފައިވާއިރު ވަރަށް އަވަހަށް އެމްޑީއޭ އާއި އެމްޑީޕީގެ ކޯލިޝަން އެގްރީމަންޓްގައި ސޮއިކުރެވޭނެ ކަމަށް އެމްޑީއޭގެ ނައިބު ރައީސް އަލީ މައުރޫފް ވިދާޅުވެއްޖެއެވެ.

Advertisement

އަންގާރަ ދުވަހުގެ ރޭ ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަފުޅު ދައްކަވަމުން މައުރޫފް ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސާލިހަކީ ކޯލިޝަން ސަރުކާރެއް އުފައްދަވާ، މިހާ ހިސާބަށް ވެސް ކޯލިޝަން ދެމެހެއްޓެވި ހަމައެކަނި ރައީސް ކަމަށެވެ. އަދި ރައީސް ސާލިހާއެކު ރިޔާސީ އިންތިޚާބުގައި ކުރިއަށް ވަޑައިގަންނަވަން ޖެހުނު ސަބަބުތައް ގިނަކަން ފާހަގަކުރައްވާ މައުރޫފް ވިދާޅުވީ އެމަނިކުފާނަކީ ޑިމޮކްޓިކް އަދި ހަމަޔާއި އިންސާފަށް ލޯބި ކުރައްވާ ބޭފުޅެއް ކަމަށެވެ.

މިހާރު މިދަނީ ކޯލިޝަން އެގްރީމަންޓްގެ ފުރަތަމަ ބައްދަލުވުން ނިމިގެން މިދިޔައީ، މިހާރު ކުރިއަށް ދަނީ ޑްރާފްޓް ކުރުމުގެ މަރުހަލާ، އެމްޑީޕީގެ ޗެއާޕަސަންއާއެކު މަސައްކަތް ކުރަމުން މިދަނީ، ވަރަށް އަވަހަށް އެގްރީމަންޓްގައި ސޮއިކުރެވޭނެ، މި ސަރުކާރުގެ ކޯލިޝަންގެ ޕާޓީތަކާއެކު އަޅުގަނޑުމެން ބޮޑެތި ޖަލްސާތައް ބާއްވާ ދަތުރުތައް ފައްޓާނަން، ކޯލިޝަނަށް ބުރޫއަރާ އެއްވެސް ކަމެއް އަޅުގަނޑުމެން ނުކުރާނަން
އަލީ މައުރޫފް

މައުރޫފް ވިދާޅުވީ ދެވަނަ ދައުރެއް ރައީސްއަކަށް ދިނުމަކީ ވަރަށް މުހިންމުކަމެއް ކަމަށެވެ. ދެވަނަ ދައުރެއް ދިނުމަކީ މި ސަރުކާރުން ފަށާފައިވާ ޕްރޮޖެކްޓްތައް ނިންމުމަށާއި ޤައުމު ހަމަހިމޭންކަމާއެކު ދަތުރުކުރުމަށާއި އިޤްތިސާދު ތަނަވަސްވެގެން ދިޔުމަށް މަގުފަހިވެގެންދާނެކަމެއް ކަމަށް ވެސް އޭނާ ވިދާޅުވިއެވެ.

މައުރޫފް އިތުރަށް ވިދާޅުވީ ރައީސް ސާލިހާއި އެމްޑީއޭގެ ރައީސް އަހްމަދު ސިޔާމް މުހައްމަދު އެކުގައި މަސައްކަތްޕުޅު ކުރެއްވުމުން ކުރިއަށް އޮތް 5 އަހަރު ވާނީ ރާއްޖޭގެ ތާރީޚު ނުދެކޭފަދަ އިގްތިސާދީ ހެޔޮ ބަދަލެއް އަންނަ 5 އަހަރަކަށް ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް