ކ. މާލެ
|
28 ފެބްރުއަރީ 2023 | އަންގާރަ 07:26
ޓިކްޓޮކް
ޓިކްޓޮކް
އިންޑިޕެންޑެންޓް
ޓިކްޓޮކް ބޭންކުރުން
ކެނެޑާގެ އޮފިޝަލް ޑިވައިސްތަކުން ޓިކްޓޮކް ބޭންކޮށްފި
ކެނެޑާގެ އިތުރުން އެމެރިކާ އަދި ޔޫރަޕިއަން ކޮމިޝަނުންވެސް ވަނީ ޓިކްޓޮކް ބޭންކޮށްފައި
މިއާއެކު ސަރުކާރު މުވައްޒަފުންގެ އޮފިޝަލް ޑިވައިސްތަކުން ޓިކްޓޮކް ބޭނުމެއް ނުކުރެވޭނެ

ކެނެޑާ ސަރުކާރުގެ އޮފިޝަލް ޑިވައިސްތަކުން ޓިކްޓޮކް އެޕް ބޭނުންކުރުން މަނާކޮށްފިއެވެ.

ކެނެޑާ ސަރުކާރުގެ އިތުރުން އެމެރިކާ ސަރުކާރާއި، ޔޫރަޕިއަން ކޮމިޝަނުންވެސް ވަނީ މި ފިޔަވަޅު އަޅާފައެވެ.

ކެނެޑާ ސަރުކާރުން އެޅި މި ފިޔަވަޅާއެކު އެގައުމުގެ ސަރުކާރު މުވައްޒަފުން ގެންގުޅޭ އޮފިޝަލް ޑިވައިސްތަކުން މި އެޕް ބޭނުމެއް ނުކުރެވޭނެއެވެ.

ކެނެޑާ ސަރުކާރުން ޓިކްޓޮކް ބޭންކުރަން ނިންމީ ޒާތީ އަދި ސަލާމަތީ ސަބަބުތަކަށްޓަކައި ކަމަށްބުނެއެވެ. ކެނެޑާ ސަރުކާރުގެ މުވައްޒަފުންނަށް ފޮނުވި ނޯޓެއްގައި ވާގޮތުން މި ނިންމުން ނިންމާފައިވަނީ ސައިބަރ އެޓޭކެއް އައިސްދާނެ ކަމުގެ ބިރާއެކުއެވެ.

އެމެރިކާ ސަރުކާރާއި ޔޫރަޕިއަން ކޮމިޝަނުންވެސް ޓިކްޓޮކް ބޭންކޮށްފައިވަނީ ސަލާމަތީ ސަބަބުތަކަށްޓަކައެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 6 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް