ކ. މާލެ
|
25 ފެބްރުއަރީ 2023 | ހޮނިހިރު 22:41
އުރީދޫ ސްޓެމް ފެއަރ
އުރީދޫ ސްޓެމް ފެއަރ
އުރީދޫ
އުރީދޫ ސްޓެމް ފެއަރ
ސްޓެމް އެޑިއުކޭޝަން ކުރިއެރުވުމަށް އުރީދޫ މޯލްޑިވްސްއިން އުރީދޫ ސްޓެމް ފެއަރ ބާއްވަނީ
މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ 2 މާރޗްއިން 3 މާރޗް 2023ގެ ނިޔަލަށް، އިއްޒުއްދީން ސްކޫލް ހޯލުގައި

ސްޓެމް މާއްދާތަކަށް ސްކޫލް ކުދިންގެ މެދުގައި އޮންނަ ޝައުގުވެރިކަން އިތުރުކުރުމަށް އުރީދޫ މޯލްޑިވްސްއިން އުރީދޫ ސްޓެމް ފެއަރއެއް ބާއްވަން ހަމަޖައްސައިފިއެވެ.

މިނިސްޓްރީ އޮފް އެޑިއުކޭޝަނާއި ވިމެން އިން ޓެކް މޯލްޑިވްސް ގުޅިގެން ކުރިއަށްގެންދާ މި ފެއަރގައި; ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިންގ އަދި މެތަމެޓިކްސް ފަދަ ތަފާތު ސްޓެމް ދާއިރާތަކުން ދަރިވަރުން ކުރިއަށްގެންދާ ޕްރޮޖެކްޓްތައް ދައްކާލެވޭނެއެވެ. މި ފެއަރ ބޭއްވުމަށް ހަމަޖެހިފައިވަނީ 2 މާރޗްއިން 3 މާރޗް 2023ގެ ނިޔަލަށް، އިއްޒުއްދީން ސްކޫލް ހޯލުގައެވެ.

އުރީދޫ ސްޓެމް ފެއަރގެ މަގުސަދަކީ، ސްޓެމް ދާއިރާއިން ދަރިވަރުން ހޭލުންތެރިކުރުވައި ހަގީގީ ދުނިޔޭގައި ދިމާވާ މައްސަލަތައް ހައްލުކުރުމަށް ސައިންސް، ޓެކްނޮލޮޖީ، އިންޖިނިއަރިން އަދި ހިސާބުގެ ބޭނުން ކުރިއެރުވުމަށް މަގުފަހިކުރުމެވެ. މި ފެއަރ ވެގެންދާނީ ސްޓެމް މާއްދާތައް ތަޖުރިބާކޮށް، އިންޑަސްޓްރީގެ ފަންނުވެރިންގެ ކިބައިން އިބުރަތް ހާސިލުކޮށް، އެކުދިންގެ އުފެއްދުންތެރިކަމާއި، އީޖާދީ ވިސްނުމާއި ފަންނީ ހުނަރު ދައްކާލުމުގެ ފުރުސަތު ދަރިވަރުންނަށް ލިބިގެންދާނެ، ތައުލީމީ އަދި ހިތްވަރު ލިބޭ ތަޖުރިބާއަކަށެވެ.

އުރީދޫ މޯލްޑިވްސްގެ ޗީފް ކޮމަރޝަލް އޮފިސަރު ހުސައިން ނިޔާޒް ވިދާޅުވީ، ޓެކްނޮލޮޖީ ކުރިއަރާފައިވާ މި ޒަމާނުގައި ރާއްޖޭގެ ޒުވާނުންގެ މެދުގައި ސްޓެމް މާއްދާތަކުގެ ތައުލީމު ކުރިއެރުވުމަކީ މުހިންމުކަމެއް ކަމަށެވެ. އުރީދޫ ސްޓެމް ފެއަރއަކީ ދަރިވަރުންގެ ހުނަރާއި ވިސްނުން ދައްކާލައި، އިބުރަތް ހާސިލުކޮށް، އެކުދިންގެ ވަށައިގެން ހިނގަމުންދާ އީޖާދުތަކުން ހިތްވަރު ލިބިގަތުމަށް ލިބިގެންދާ ވަރަށް ރަނގަޅު ފުރުސަތެކެވެ. އަދި ސްޓެމް ދާއިރާއަށް ދަރިވަރުންގެ ޝައުގުވެރިކަން ދެނެގަނެ، އެކުދިންގެ ހުނަރު ދައްކާލުމުގެ ޕްލެޓްފޯމެއް ފަހިކޮށްދިނުމަކީ އުރީދޫއަށް ލިބޭ އުފަލެއް ކަމަށް ނިޔާޒް ވިދާޅުވިއެވެ.

އުރީދޫ ސްޓެމް ފެއަރއަކީ ބައިވެރިވާ ހުރިހާ ދަރިވަރުންނަށާއި ޒިޔާރަތްކުރާ ފަރާތްތަކަށް މަޖާ، އިބުރަތްތެރި އަދި ތައުލީމީ ހަރަކާތަކަށް ވެގެންދާނެއެވެ. އާންމުންނަށް ހުޅުވާލާފައިވާ މި ފެއަރއަށް ޒިޔާރަތްކުރުމަށް ހުރިހާ ފަރާތްތަކަށް ވެސް އުރީދޫއިން ދައުވަތު ދެއެވެ.

- ކޮމެންޓް