ފޯ ނޭޝަނަސް ކަޕް ވޮލީބޯޅަ މުބާރާތް މިއަދު ފަށާނެ އެވެ. މުބާރާތަށް ދިވެހިރާއްޖޭގެ ދެ ޖިންސުގެ ޓީމު ވެސް ވަނީ ވަރަށް ރަނގަޅަށް ތައްޔާރުވެފަ އެވެ. މުބާރާތުގެ ކުރިން ސައޫދީ އަރަބިއާ އާއި ތައިލެންޑްގައި ފަރިތަކޮށް އަންހެން ޓީމާއި ފިރިހެން ޓީމުގެ ކޯޗުގެ ނަޒަރުގައި ވެސް މި ދެ ޓީމު ވެސް މިހާރު ވަނީ ތައްޓަށް އަމާޒު ހިފާފަ އެވެ.
މި މުބާރާތުގައި ރާއްޖެއާއެކު ފިރިހެން ބައިގައި ވާދަކުރަނީ އަފްޣށނިސްތާނާއި މެލޭޝިޔާ އަދި ސިންގަޕޫރެވެ. އަންހެން ބައިގައި އަފްޣާނިސްތާން ނުލައި އަނެއް ތިން ގައުމެވެ.
މުބާރާތުގެ ކުރިން ގައުމީ އަންހެން ޓީމުގެ ކޯޗު އިބްރާހީމް ނިޒާރެވެ. އޭނާ އަކީ ރާއްޖޭގެ އެންމެ މޮޅު ވޮލީބޯޅަ ކުޅުންތެރިޔާގެ މަގާމު ހަތަރު ފަހަރު ހޯދައި ދިވެހި ވޮލީގެ އެންމެ ފުންނާބު އުސް އެއް ނަމެއެވެ. ނިޒާރު ބުނީ ގައުމީ ކޯޗުކަން ލިބުނު ހިސާބުން ފެށިގެން ކުޅުންތެރިންނަށް ވިސްނައިދެމުން އައީ ރަންމެޑެއްޔަށް ކަމަށެވެ.
ނިޒާރަށް ޓީމު ލިބުނު ހިސާބުން ފެށިގެން ވެސް ކުޅުންތެރިންނަށް ވިސްނައިދެމުން އައީ (ރަން) މެޑަލް ނޫން އެއްޗެއް ބޭނުންނުވާކަން. މި ޓީމުގައި ޒުވާން ކުޅުންތެރިން ގިނަ އަދަދަކަށް އެބަތިބި. ހަގީގަތުގައި ވެސް މި ޓީމަށް (ތައްޓަށް) ވާދަކުރެވޭނެގައުމީ އަންހެން ޓީމުގެ ކޯޗު އިބްރާހީމް ނިޒާރު
އޭނާ ބުނީ ސައޫދީ އަރަބިއާގައި ފެންވަރު ރަނގަޅު މެޗުތަކެއް ނުލިބުނަސް ތައިލެންޑްގައި ކުޅެން ލިބުނު މެޗުތަކާއެކު ޓީމުގެ ހުރިހާ ކުޅުންތެރިންނަށް ވެސް ރަނގަޅު ތަމްރީނާއި ތަޖުރިބާތަކެއް ހާސިލްކުރެވިފައިވާ ކަމަށެވެ. މިހެންވެ މުބާރާތަށް ޓީމު އޮތީ ފުރިހަމައަށް ތައްޔާރުވެފައި ކަމަށެވެ.
ގައުމީ އަންހެން ޓީމާ ހިލާފަށް ފިރިހެން ޓީމަށް ވާދަވެރި ގިނަ މެޗުތަކެއް ކުޅެން ލިބުނެވެ. ސައޫދީ އަރަބިއާގައި ކުޅެން ލިބުނު ހަ މެޗާއި ތައިލެންޑްގައި އެ ގައުމުގެ ގައުމީ ޓީމާއެކު ކުޅުނު މެޗު ފިރިހެން ޓީމުގެ ކޯޗު ބްރެޒިލްގެ ސާޖިއޯ ވެލޯސޯ ފާހަގަ ކުރެ އެވެ.
މިހާރު އަހަންނަށް މި ޓީމު ވަރަށް ރަނގަޅަށް ދަސްވެއްޖެ. ރަނގަޅު ޕްލޭނެއް އޮވެގެން އަހަރުމެންނަށް ކާމޔާބު ހޯދޭނެ. އެންމެ ބޮޑު ހިތްހަމަޖެހުމަކީ އެއްވެސް ކުޅުންތެރިއަކު މިދިޔަ ދުވަސްތަކުގައި ދޫނުދީ ހިތްވަރުކުރިކަން. ވަރަށް ރަނގަޅު މެޗުތަކެއް އަހަރުމެންނަށް ލިބިއްޖެ. ޓީމުގެ މަސައްކަތުގެ ރޭޓައި ހިތްވަރު މިހާރު ކުރިއަށްވުރެ ތަފާތުވާނެގައުމީ ފިރިހެން ޓީމުގެ ކޯޗު ވެލޯސޯ
އޭނާ އަދި ބުނީ ކޮންމެ މެޗެއްގައި ވެސް މޮޅުވުމަށް ސަޕޯޓަރުންގެ އެހީތެރިކަން ވަރަށް ބޮޑަށް ބޭނުންވާނެ ކަމަށެވެ.
މުބާރާތުގެ ކުރިން ޔޫތު މިނިސްޓްރީ އާއި ވޮލީބޯޅަ އެސޯސިއޭޝަން ގުޅިގެން އިއްޔެ ވަނީ ގައުމީ ޓީމުތަކުގެ ކުޅުންތެރިންގެ ރޫހު އާލާކުރުމަށް ރާއްޖޭގެ ކުޅަދާނަ މޯޓިވޭޝަނަލް ސްޕީކާ އަދި ލީޑާޝިޕް ކޯޗު އަފީފް ހުސެއިންގެ ހާއްސަ ސެޝަނެއް ވެސް ބާއްވައިފަ އެވެ.