ކ. މާލެ
|
22 ފެބްރުއަރީ 2023 | ބުދަ 14:38
މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް ޖަލްސާގެ ތެރެއިން
މަޖިލިސް
ބްރޯޑްކޮމްގެ މެންބަރު
ބްރޯޑްކޮމްއަށް އައްޔަންކުރަން އިތުރު 4 ނަމެއް މަޖިލީހަށް
ރައީސް އިސްކަންދޭ ތަރުތީބުގައި ފުރަތަމަ އޮތީ ޝިހާމް މުހައްމަދުގެ ނަން
މި ހަތަރު ނަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށް

ބްރޯޑްކާސްޓިން ކޮމިޝަންގެ މެންބަރެއްގެ، މެންބަރުކަމުގެ މުއްދަތު ހަމަވާތީ މަޖިލީހަށް ހަތަރުނަމެއް ފޮނުވައިފިއެވެ.

ރައީސުލްޖުމްހޫރިއްޔާ ރައްޔިތުންގެ މަޖިލީހަށް ފޮނުއްވި ސިޓީފުޅުގައި ވަނީ، މޯލްޑިވްސް ބްރޯޑްކާސްޓިންގ ކޮމިޝަންގެ މެންބަރު، އަމްޖަދު ވަހީދުގެ މެންބަރުކަމުގެ މުއްދަތު 15 މާޗް 2023ގެ ނިޔަލަށް ހަމަވާތީ، ބްރޯޑްކާސްޓް ކުރުމުގެ ގާނޫނުގެ 6 ވަނަ މާއްދާގެ (ށ) ގައިވާ ގޮތުގެ މަތިން، މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަނަށް މެންބަރަކު އައްޔަންކުރުމަށްޓަކައި، އާންމުކޮށް އިއުލާން ކުރުމުން، އެކަމަށް އިޖާބަދެއްވި ބޭފުޅުންގެ ނަންފުޅުތަކާއި، އެ ބޭފުޅުންގެ މައުލޫމާތު ފޮނުއްވާ ކަމަށެވެ.

ރައީސް އިސްކަންދޭ ތަރުތީބުގައި ހިމެނެނީ؛

  • ޝިހާމް މުހައްމަދު ވަހީދު، ދަފްތަރު ނަންބަރު ރސ 5143
  • ޝާން ސާލިހް މުހައްމަދު، ފިނިވާދީ / ދ. ކުޑަހުވަދޫ
  • ހުސައިން އަމްރު، ވ. ރޯޝަން
  • ސަފާ ޝަފީގު، ބިއްލޫރިވިލާ / ދ. މީދޫ

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާގައި މި ހަތަރު ނަން ދިރާސާކުރުމަށް ފޮނުވާފައިވަނީ މިނިވަން މުއައްސަސާތަކުގެ ކޮމިޓީއަށެވެ. ބްރޯޑްކޮމްގެ މެންބަރު އަމްޖަދު ވަހީދުގެ މެންބަރުކަމުގެ މުއްދަތު ހަމަވާއިރު ބްރޯޑްކޮމް އިން އަހުމަދު ގައިސް ވަނީ މިދިޔަ ޖެނުއަރީ މަހު އިސްތިއުފާ ދެއްވާފަ އެވެ. ގައިސް އިސްތިއުފާ ދެއްވުމުން ބްރޯޑްކޮމްގެ މެންބަރު ކަމަށް ހުޅުވާލުމުން ފަސް ބޭފުޅަކު ކުރިމަތިލާފައިވެއެވެ.

ބްރޯޑްކޮމްގައި މިހާރު ތިއްބަވަނީ ކޮމިޝަންގެ ރައީސް މަރިޔަމް ވަހީދާއާއި އައިމިނަތު އަމީނާއާއި އަލީ ޔޫސުފާއި މުހައްމަދު ފަޒީނާއި ޝިފްލާ އިބްރާހިމް އަދި އަމްޖަދު ވަހީދެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް