ކ. މާލެ
|
22 ފެބްރުއަރީ 2023 | ބުދަ 12:13
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
ޝަހީދު ހުސައިން އާދަމް ބިލްޑިންގ
މުހައްމަދު ޝަރުހާން
ހަަށިވިއްކުން
ހަށިވިއްކާކަމުގެ ތުހުމަތުގައި 4 މީހަކު ހައްޔަރަށް، ދިވެއްސަކު ހިމެނޭ
ހަށިވިއްކަން ތިބި މީހުން ތެރޭ ދިވެއްސަކު ހިމެނޭ

ހަށިވިއްކާ ކަމުގެ ތުހުމަތުގައި ހަތަރު މީހަކު ހައްޔަރު ކޮށްފިއެވެ.

ފުލުހުންގެ މީޑިއާ އޮފިޝަލް ވިދާޅުވީ މާލޭގައި ރޭ ހިންގި އޮޕަރޭޝަނެއްގައި ހަށިވިއްކާކަމަށް ތުހުމަތުކުރެވޭ މައްސަލައެއްގައި ރޯޅި ގެސްޓުހައުސް ބަލައި ފަސްކޮށް ހަތަރު މީހަކު ހައްޔަރު ކުރެވިފައިވާ ކަމަށެވެ. އެއީ 43 އަހަރުގެ ދިވެހި ފިރިހެނަކާއި 43 އަހަރުގެ ބިދޭސީ ފިރިހެނަކާއި 31 އަހަރުގެ ބިދޭސީ އަންހެނެއްގެ އިތުރުން 36 އަހަރުގެ ބިދޭސީ އަންހެނެކެވެ.

މި ހަތަރު މީހުންގެ ތެރެއިން ދިވެހި ފިރިހެން މީހާ އާއި ބިދޭސީ އަންހެނަކު ހައްޔަރު ކޮށްފައިވަނީ ޖިންސީ ގުޅުން ހިންގަން ތިއްބާ ކަމަށް ވެސް ފުލުހުންގެ މީީީޑިއާ އޮފިޝަލް ވިދާޅުވިއެވެ.

މި މައްސަލައާ ގުޅިގެން އިތުރު ތަފްސީލެއް ދީފައިނުވާއިރު، މައްސަލަ އިތުރަށް ދަނީ ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 18 ގަޑިއިރު ކުރި
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް