ކ. މާލެ
|
21 ފެބްރުއަރީ 2023 | އަންގާރަ 01:03
އަދާލަތު ޕާޓީގެ ކުއްލި ބައްދަލުވުން
އަދާލަތު ޕާޓީގެ ކުއްލި ބައްދަލުވުން
އަދާލަތު ޕާޓީ
ރިޔާސީ އިންތިޚާބު 2023
އަދާލަތުން ނިންމީ ރައީސް ޞާލިހަށް ތާއީދުކުރުމުގެ ކުރިން އެމްޑީޕީއާއެކު މަޝްވަރާކުރަން
ރައީސް ޞާލިހު ވަނީ ކޯލިޝަން ސަރުކާރެއް އުފެއްދުމަށް އަދާލަތު ޕާޓީގެ ތާއީދަށް އެދިވަޑައިގެންފައި
ނިންމުން ނިންމާފައިވަނީ އެޕާޓީގެ މަޝްވަރާ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތަކުން
އެޕާޓީން ނިންމުން ނިންމާނީ ރިޔާސީ ދައުރުގައި ސަރުކާރާއެކު ކުރެވުނު ތަޖުރިބާތަކަށް ރިއާޔަތްކޮށް

ކުރިއަށް އޮތް ރިޔާސީ އިންތިޚާބުގައި ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރުމުގެ ކުރިން އެމްޑީޕީއާއެކު މަޝްވަރާކުރުމަށް އަދާލަތު ޕާޓީން ނިންމައިފިއެވެ.

ކުރިއަށް އޮތް ރިޔާސީ ދައުރުގައި ކޯލިޝަން ސަރުކާރެއް އުފެއްދުމަށްޓަކައި، އެމްޑީޕީގެ ކެމްޑިޑޭޓް ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ޞާލިހަށް ތާއީދުކުރުމަށް އެމަނިކުފާނު ވަނީ އަދާލަތު ޕާޓީގައި އެދިވަޑައިގެންފައެވެ.

ހޯމަ ދުވަހުގެރޭ އަދާލަތު ޕާޓީން ބޭއްވި ކުއްލި ބައްދަލުވުމުގައި ވަނީ މިކަމާ ގުޅޭގޮތުން މަޝްވަރާކޮށްފައެވެ. މިގޮތުން ވޭތުވެދިޔަ ދައުރުތަކާ އަޅާ ބަލާއިރު މި ހިނގާ ރިޔާސީ ދައުރުގައި ކުރެވުނު ތަޖުރިބާތަކަށް ރިއާޔަތްކޮށް، ރައީސް ޞާލިހަށް އެޕާޓީގެ ތާއީދު ދިނުމުގެ ކުރިން އެމްޑީޕީއާއެކު މަޝްވަރާކުރުމަށް ވަނީ ނިންމާފައެވެ.

މި ނިންމުން ނިންމާފައިވަނީ އަދާލަތު ޕާޓީގެ މަޝްވަރާ މަޖިލީހުގެ ބޮޑު އަގުލަބިއްޔަތުންނެވެ.

މިއަހަރުގެ ސެޕްޓެންބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުންކަމަށް އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ މީގެ ކުރިން ވަނީ ވިދާޅުވެފައެވެ. އަދާލަތު ޕާޓީ އަކީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ޕާޓްނަރެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް