ކ. މާލެ
|
19 ފެބްރުއަރީ 2023 | އާދީއްތަ 19:14
މާފުށި ޖަލު
މާފުށި ޖަލު
ގޫގުލް އާރތް
ގައިދީންގެ ކަންކަން ބެލެހެއްޓުން
ގައިދީން ބަނޑުހައި ހޫނުކަމުގެ ހަޅުތާލު ކުރާ ކަމަށް ބުނާ ވާހަކަ ދޮގުކޮށްފި
މާފުށީ ޖަލުގައި ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް ވަނީ އަޑު ފެތުރިފައި
ޔުނިޓް 11އިގައި މައްސަލަތަކެއް ފާހަގަވެފައިވާ ކަމަށް ކަރެކްޝަންސް އިން ބުނޭ

މާފުށީ ޖަލުގައި ގައިދީން ބަނޑުހައިހޫނުކަމުގެ ހަޅުތާލެއް ކުރަމުންދާ ކަމަށް އަޑުފެތުރިފައި ވަނިކޮށް އެ ވާހަކަތައް މޯލްޑިވްސް ކަރެކްޝަނަލް ސާވިސްއިން ދޮގުކޮށްފި އެވެ.

މީސްމީޑިއާގައި އާދިއްތަ ދުވަހު ދައުރުވެފައިވާ ވާހަކަތަކަށް ބަލާ އިރު މާފުށީ ޖަލުގެ ހަރުކަށި ޔުނިޓުގައި ތިބި ގައިދީން ބަނޑުހައިހޫނު ކަމުގެ ހަޅުތާލު ކުރަމުންދާ ކަމަށް އަޑު ވަނީ ފެތުރިފައެވެ. އަދި އެ ގައިދީންގެ ޝަކުވާތައް އަޑު އަހާނީ ކެއުމުން ކަމަށް އެ ގައިދީންނަށް އަންގާފައިވާ ކަަމަށް ވެސް ވަނީ އަޑު ފެތުރިފައެވެ. ބައެއް މީޑިއާތަކުން ރިޕޯޓްކޮށްފައިވާ ގޮތުގައި ހަޅުތާލުކުރަން ފަށާފައި ވަނީ ގައިދީންނަށް ދެ ގަޑިއެއްގެ ކެއުން ނުދިން މައްސަލައިގައެވެ.

އެކަމާއި ގުޅިގެން ކަރެކްޝަންސް އިން މީޑިއާ އަށް ބުނީ އެއްވެސް ގައިދީ އެއް ނުކައި ހުރި ކަމުގެ މައުލޫމާތު ލިބިފައި ނުވާ ކަމަށެވެ. އެހެންނަމަވެސް ޔުނިޓް 11ގައި ހުރި ކަންބޮޑުވުންތަކެއް ފާހަގަކުރެވިފައިވާ ކަމަށާއި އެކަމާއި ގުޅިގެން ކުރަން ޖެހޭ މަސައްކަތްތައް ކުރަމުންދާ ކަމަށް ކަރެކްޝަނސް އިން ވަނީ ބުނެފައެވެ.

މިފަދަ މައްސަލަ އެއް ފެންމަތިވެފައި ވާއިރު ހޯމް މިނިސްޓަރު އިމްރާން އަބްދުﷲ ވަނީ ނިމިދިޔަ ހަފްތާގައި މަޖިލީހުގައި ވާހަކަދައްކަވަމުން ޖަލުގައި ހަމަނުޖެހުންތަކެއް ހިނގާފައިވާ ކަމަށް ވިދާޅުވެފައެވެ. މިނިސްޓަރ ވަނީ އެފަދަ ގައިދީން ބައިތިއްބާނެ ހާއްސަ ހައި ސެކިއުރިޓީ ވިންގެއް މާފުށީ ޖަލުގައި ހެދުމަށް މަސައްކަތްކުރަމުންދާ ކަމަށް ވެސް ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް