ކ. މާލެ
|
17 ފެބްރުއަރީ 2023 | ހުކުރު 07:09
ސަލާން ޖަހަމުންދިޔަ ޖަޕާން މީހާ
ސަލާން ޖަހަމުންދިޔަ ޖަޕާން މީހާ
ސޯޝަލްމީޑިއާ
ޖަޕާނު މީހާ އިމިގްރޭޝަނާ ހަވާލުކުރުން
ސަލާން ޖަހަމުންދިޔަ ޖަޕާނު މީހާ އިމިގްރޭޝަނާ ހަވާލުކޮށްފި
ފުލުހުން ބުނީ އެކަން ސަމާލުކަމަށް އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހާ ގެންގޮސް މައުލޫމާތު ސާފުކުރި ކަމަށް

މާލޭގައި ސަލާން ޖަހަން އުޅުނު ޖަޕާން އަންހެން މީހާ އިމިގްރޭޝަނާ ހަވާލުކޮށްފިއެވެ.

މާލޭ މަގުމަތީގައި ސަލާންޖަހަން އުޅޭ ޖަޕާން އަންހެނެއްގެ ފޮޓޯ އާއި ވީޑިއޯ ވަނީ ސޯޝަލް މީޑިއާގައި އާންމުވެފައެވެ. އެކަމާއި ގުޅިގެން ފުލުހުން ބުނީ އެކަން ސަމާލުކަމަށް އައުމުން ފުލުހުންގެ ބެލުމުގެ ދަށަށް އެ މީހާ ގެންގޮސް މައުލޫމާތު ސާފުކުރި ކަމަށެވެ. އަދި އެއަށްފަހު އެ މީހާ އިމިގްރޭޝަނާ ހަވާލުކޮށްފައިވާ ކަމަށެވެ.

ކާނެ އެއްޗެއް ހޯދުމަށާއި ބޭސްފަރުވާ ކުރުމަށް އެދި ޖަޕާންގެ އެ މީހާ ފައިސާ ހޯދާ ކަމަށް ސޯޝަލް މީޑިޔާގައި ބައެއް ޕޯސްޓުތަކުގައި ބުނެފައިވެއެވެ. އަދި އޭނާއަކީ ދިވެއްސަކާ ކައިވެނިކޮށްގެން މާލޭގައި ދިރިއުޅޭ މީހެއް ކަމަށްވެސް ބައެއް މީހުން ގާތު ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް