ކ. މާލެ
|
17 ފެބްރުއަރީ 2023 | ހުކުރު 07:06
ސ ހިތަދޫ
ސ ހިތަދޫ
ސިޓީސް އޮފް ދަ ވޯލްޑް
ތޫނު އެއްޗަކުން މީހަކަށް ހަމަލާދިނުން
ސ. ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފި
މި މައްސަލައާ ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައި

ސ. ހިތަދޫގައި ތޫނު އެއްޗަކުން މީހަކަށް ހަމަލާދީ ޒަޚަމްކޮށްލައިފިއެވެ.

މިކަމާއި ގުޅިގެން ފުލުހުން ބުނީ އަނިޔާވި މީހާއަށް ހޮސްޕިޓަލުގައި ފަރުވާދެމުންދާކަމަށެވެ. އަދި 16 ފެބްރުއަރީ ވީ ބުރާސްފަތި ދުވަހުގެ ރޭ ގެ 10:02 ހާއިރު މިމައްސަލަ ފުލުހުންނަށް ހުށަހަޅާފައިވާކަމަށެވެ.

މި މައްސަލައާ ގުޅިގެން 18 އަހަރުގެ ދިވެހި ފިރިހެނަކު ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސްފައިކަމަށް ވެސް ފުލުހުން ބުނެއެވެ. މިކަން ހިނގި ގޮތާއި ޒަޚަމްވީ މީހާއަށް ލިބިފައިވާ އަނިޔާތަކުގެ ތަފްސީލެއް އަދި ހާމައެއްނުކުރެއެވެ.

މިމައްސަލަ ފުލުހުން ގެންދަނީ އިތުރަށް ތަހުގީގުކުރަމުންނެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް