ކ. މާލެ
|
16 ފެބްރުއަރީ 2023 | ބުރާސްފަތި 23:11
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
މަޝްވަރާ ބައްދަލުވުމުގެ ތެރެއިން
އިކޮނޮމިކް މިނިސްޓްރީ
ރާއްޖޭގެ މަސްވެރިކަން
މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމާމެދު މަޝްވަރާކޮށްފި
އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައުލޫމާތު ހިއްސާކޮށްފައިވޭ
މި ބައްދަލުވުމުގައި ދެ ފަރާތުގެ ދެމެދުގައި ޚިޔާލު ބަދަލުކުރެވުނު

މަސްވެރިކަމުގެ ސިނާއަތް ތަރައްގީކުރުމާމެދު މަޝްވަރާކޮށްފިއެވެ.

އިކޮނޮމިކް މިނިސްޓްރީން ބުރާސްފަތި ދުވަހު ކުރި ޓްވީޓެއްގައި ބުނެފައިވަނީ އިކޮނޮމިކް މިނިސްޓަރ ފައްޔާޒް އިސްމާއީލާއި ފިޝަރީޒް މިނިސްޓަރ ޑރ. ހުސައިން ރަޝީދު ހަސަން، އެ ސިނާއަތުގެ ފަރާތްތަކާއި ބައްދަލުކުރައްވާފައިވާކަމަށެވެ. މި ބައްދަލުވުމުގައި ދެ ފަރާތުގެ ދެމެދުގައި ޚިޔާލު ބަދަލުކުރެވުނު ކަމަށްވެސް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. އެގޮތުން މަޝްވަރާކުރެވުނު ކަންކަމުގެ ތެރޭގައި މަސްވެރިކަން ސިނާއަތެއްގެ ގޮތުގައި ކުރިއެރުވިދާނެ ގޮތްތައް ހިމެނޭ ކަމަށް އެ މިނިސްޓްރީން ވަނީ ބުނެފައެވެ. މީގެ އިތުރުން އެ ދާއިރާގައި ހަރަކާތްތެރިވާ ފަރާތްތަކަށް ދިމާވާ ދަތިތަކާއި ގޮންޖެހުންތަކުގެ މައުލޫމާތުވެސް މި ބައްދަލުވުމުގައި ހިއްސާކޮށްފައިވެއެވެ.

މަސްވެރިކަމުގެ ސިނާއަތް ކުރިއަރުވަން މަސައްކަތް ކުރަމުންދާއިރު ސަރުކާރުން ދަނީ މަސް ގަތުމުގެ ކެޕޭސިޓީ އިތުރުކުރުމުގެ ގޮތުން އިތުރު ފިޔަވަޅުތައް އަޅަމުންނެވެ. އަދި ރާއްޖޭގެ މަސްވެރިކަން ރަނގަޅުކަމަށާއި، ނަމަވެސް ހަރުދަނާކުރަންޖެހޭ ކަންކަން ހުރިކަމަށް ކަމާބެހޭ ފަރާތްތަކުން ފާހަގަކުރައްވައެވެ.

Advertisement

Advertisement
- ކޮމެންޓް