ކ. މާލެ
|
15 ފެބްރުއަރީ 2023 | ބުދަ 15:37
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހާ
ފުލުހުން ބަލަމުންދާ މައްސަލައަކާ ގުޅިގެން ހޯދަމުން އަންނަ މީހާ
މޯލްޑިވްސް ޕޮލިސް ސާރވިސް
މީހަކު ހޯދުން
ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައެއްގައި މީހަކު ހޯދަނީ
މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އިބްރާހީމް ފައިހް ނިޒާމު (25އ)

ގުރޫޕް ހަދައިގެން، ތޫނު ހަތިޔާރު ބޭނުންކޮށްގެން މާރާމާރީ ހިންގި މައްސަލައަކާ ގުޅިގެން މީހަކު ހޯދުމުގެ މަސައްކަތް ފުލުހުން ފަށައިފިއެވެ.

ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓްމަންޓުން ތަހުގީގު ކުރަމުން އަންނަ މި މައްސަލައާ ގުޅިގެން ހޯދަމުންދަނީ ސ. މަރަދޫފޭދޫ / ރަށްދެބައިގެ، އުމުރުން 25 އަހަރުގެ އިބްރާހީމް ފައިހް ނިޒާމެވެ.

ނަމަވެސް އޭނާ ހޯދަމުން އަންނަނީ ކޮން މާރާމާރީއަކާ ގުޅިގެންކަމެއް ފުލުހުން ބުނެފައެއް ނުވެއެވެ.

އިބްރާހީމް ފައިހް ނިޒާމާބެހޭ އެއްވެސް މައުލޫމާތެއް ލިބިފައިވާ ފަރާތެއްވާނަމަ ދިވެހި ފުލުހުންގެ ހިދުމަތުގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާޓަމްންޓްގެ ނަންބަރު 9911099 ނުވަތަ ދިވެހި ފުލުހުންގެ ހިދުމަތުގެ ހޮޓްލައިން ނަންބަރު 3322111ށް ގުޅައި ހިއްސާކުރުމަށް ފުލުހުން ވަނީ އެދިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް