ކ. މާލެ
|
2 ޖުލައި 2017 | އާދީއްތަ 11:14
އެންމެ ބޮޑު އެއްވުމެއް އޮތީ އޮޓާވާގައި ހުންނަ ޕާލިމެންޓް ހިލްގައި
އެންމެ ބޮޑު އެއްވުމެއް އޮތީ އޮޓާވާގައި ހުންނަ ޕާލިމެންޓް ހިލްގައި
ޓްވިޓަރ
ކެނެޑާ އުފެދުނުތާ 150 އަހަރު
ކެނެޑާ އުފެދުނުތާ 150 އަހަރު ފުރުން ފާހަގަކޮށްފި
އެންމެ ބޮޑު އެއްވުމެއް އޮތީ އޮޓާވާގައި ހުންނަ ޕާލިމެންޓް ހިލްގައި

ގައުމެއްގެ ގޮތުގައި ކެނެޑާއަށް 150 އަހަރު ފުރުން އެ ގައުމުގެ ސިޓީތަކާއި ޓައުންތަކާއި ގޭގޭގެ ގޯތިތެރޭގައި ބާއްވާ ބާބަކިއުތަކާއެކު މުޅިގައުމުގައި ފާހަގަކޮށްފިއެވެ.

އެންމެ ބޮޑު އެއްވުމެއް އޮތީއެގައުމުގެ އޮޓާވާގައި ހުންނަ ޕާލިމެންޓް ހިލްގައި ކަަމަށްވާއިރު އެތަނުގައި ބޭއްވި އެއްވުމުގައި އެތައްހާސް ބަޔަކު ބައިވެރިވެފައެވެ.

ބޮޑުވަޒީރު ޖަސްޓިން ޓްރޫޑޯވަނީ މި ދުވަހާ ގުޅިގެން ތަގުރީރެއް ދެއްވާފައެެވެ.

"އަޅުގަނޑުމެންނަށް ހެޔޮ ކޮންމެ ގައުމަކުން އައި ކޮންމެ ދީނަކަށް އުޅޭ ނޫނީ ކޮންމެ މީހަކު ދެކެ ލޯބިވާ މީހެއް ވިޔަސް-ތިބޭ ފުޅުންނަށް ކެނެޑާއިން މަރުހަބާ ކިޔާނެ" ޓްރޫޑޯ ވިދާޅުވިއެވެ.

ފަންސަވީހަކަށް ހާސް މީހުން ބައިވެރިވި މިހަފްލާގައި ޓްރޫޑޯ މި ތަގުރީރު ދެއްވާފައިވަނީ އިނގިރޭސި ބަހާއި ފަރަންސޭސި ބަހުންނެވެ.

މި ދެ ބަހަކީވެސް އެ ގައުމުގެ ރަސްމީ ބަހުރުވައިގެ ތެރޭގައި ހިމެނޭ ދެ ބަހެވެ.

ބޮޑުވަޒީރު ޓްރޫޑޯވަނީ އިންޑިޖިނަސް ދަރިކޮޅުގެ މީހުންގެ ހަނދާނުގައި ވަގުތުކޮޅެއް ދެއްވާފައެވެ. ޓްރޫޑޯ ވިދާޅުވާ ގޮތުގައި އެ މީހުންނަކީ ދައުލަތުން ހިންގާފައިވާ ރުޅިވެރި އަމަލުތަކުގެ ޝިކާރައަށް ވީ މީހުންނެވެ.

ކެނެޑާ އުފެދުނުތާ 150 އަހަރު ފާހަގަ ކުރި މުނާސަބާ ވެގެން ގޮސްފައިވަނީ ވިއްސާރަ ދުވަހަކަށްނަމެވެސް ކޯޓްލައިގެންވެސް މީހުން ހަފްލާތަކުގައި ބައިވެރިވެފައިވެއެވެ.

 

އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: ހުސެން ފިޔާޒް
- ކޮމެންޓް