ކ. މާލެ
|
13 ފެބްރުއަރީ 2023 | ހޯމަ 14:39
ނަރުހުންތަކެއް --
ނަރުހުންތަކެއް --
ތިއޭޓަރ ނަރުހުން
ސިއްހީ ދާއިރާ
ސިއްހީ ދާއިރާގެ މުސާރަ ރަނގަޅުވާނެ، މަސައްކަތް އޮތީ ނިމިފައި: ޕޭ ކޮމިޝަން
ސިއްހީ ދާއިރާގެ މުސާރަ ބޮޑުވާނީ މެއި މަހުން ފެށިގެން

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ ކަނޑައެޅުމުގެ މަސައްކަތް ނިމިފައިވާ ކަމަށާއި ހުރިހާ މުވައްޒަފުންނަށް ވެސް ރަނގަޅު މުސާރައެއް ލިބޭނެ ކަމަށް ނޭޝަނަލް ޕޭ ކޮމިޝަނުން މިއަދު ބުނެފިއެވެ.

ސިއްހީ ދާއިރާގެ މުވައްޒަފުންގެ މުސާރަ އަންނަ މެއި މަހުން ފެށިގެން ބޮޑުކުރުމަށް ރައީސް އިބްރާހީމް މުހައްމަދު ސާލިހު ވަނީ ނިންމަވާފަައެވެ.

Advertisement

ރައްޔިތުންގެ މަޖިލީހުގެ މިނިވަން މުއައްސަސާތަކުގެ ކޮމިޓީގައި މިއަދު ވާހަކަދައްކަވަމުން ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް ޑރ. މުހައްމަދު ފައިޒަލް ވިދާޅުވީ ދައުލަތުގެ އެކި އިދާރާތަކުގައި އެކި ގޮތަށް ވަޒީފާއާ ބެހޭ ކަންކަން ރޭވިފައި ހުންނައިރު ޕޭ ކޮމިޝަނުން ކުރަމުންގެންދާ މަސައްކަތަކީ މުޅި ދައުލަތުގެ މުސާރަ ވެސް ހާމަނައިޒްކުރުން ކަމަށެވެ. މުސާރަތައް އެއްހަމަކުރުމުގެ މަސައްކަތުގައި ތައުލީމީ ދާއިރާ މިހާރު ނިމިފައިވާއިރު ދެން އޮތީ ޔުނިވާސިޓީ ދާއިރާ އާއި ސިއްހީ ދާއިރާކަމަށް އޭނާ ފާހަގަ ކުރެއްވިއެވެ.

ފައިޒަލް ވިދާޅުވީ ސިއްހީ ދާއިރާގެ އިދާރާތަކާއި މިނިސްޓްރީ އާއި ސިއްހީ އެކިއެކި ޖަމިއްޔާތަކާ ވެސް ވަނީ މިހާރު މަޝްވަރާ ކުރެވިފައި ކަމަށެވެ. އަދި އެ މަޝްވަރާތަކަށްފަހު މިހާރު މުސާރަ ކަނޑައެޅުމުގެ މަސައްކަތް ނިމިފައިވާކަމަށް އޭނާ ވިދާޅުވިއެވެ.

19 ދާއިރާއަކުން ނޫން 55 ޕްރޮފެޝަން ސިއްހީ ދާއިރާގައި އެބައޮތް. މި ހުރިހާ ޕްރޮފެޝަންއެއްގައި މީހުން ތިބީއެއް ނޫން. ދިވެހީންނެއް ނުވެސް ނެތް. ރަނގަޅު މުސާރަތަކެއް އާންމުކުރުމުގެ ބޭނުމަކީ ވެސް ދާއިރާއަށް ދިވެހީން ކުރިމަތިލުން. ދިވެހީންނަށް ރަނގަޅަށް މަސައްކަތް ކުރެވޭނެ މާހައުލެއް ހޯދައިދިނުން
ޑރ. މުހައްމަދު ފައިޒަލް / ޕޭ ކޮމިޝަނުގެ ސެކްރެޓަރީ ޖެނެރަލް

ސިއްހީ ދާއިރާގެ މުސާރަ އެއްހަމަކުރުމަށްް 500 މިލިއަން ރުފިޔާއާ ގާތްކުރާ އަދަދެއް މި އަހަރުގެ ދައުލަތުގެ ބަޖެޓުގައި ވަނީ ހިމަނާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް