ކ. މާލެ
|
7 ފެބްރުއަރީ 2023 | އަންގާރަ 18:25
ކުރީގެ ރައީސް މައުމޫން ރައީސް ސާލިހާ ބައްދަލުކުރައްވަނީ
ކުރީގެ ރައީސް މައުމޫން ރައީސް ސާލިހާ ބައްދަލުކުރައްވަނީ
ޓްވިޓަރ
ރިޔާސީ ބަޔާން
ރައީސް އިއްވެވީ ފުރިހަމަ ރިޔާސީ ބަޔާނެއް: މައުމޫން
ފުރިހަމަ ރިޔާސީ ބަޔާނެއް އިއްވެވުމުން މައުމޫން ވަނީ ރައީސަށް މަރުހަބާ ވިދާޅުވެފައި

ހޯމަ ދުވަހު ރައީސުލްޖުމްހޫރިއްޔާ އިއްވެވީ ފުރިހަމަ ރިޔާސީ ބަޔާނެއް ކަމަށް ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ އަންގާރަ ދުވަހު ކުރެއްވި ޓްވީޓެއްގައެވެ. އެ ޓްވީޓުގައި މައުމޫން ވަނީ ރައީސަށް ފުރިހަމަ ރިޔާސީ ބަޔާނެއް އިއްވެވުމުން މަރުހަބާ ވިދާޅުވެފައެވެ. އަދި މި އަހަރު ރާއްޖެއިން ކުރީ އަހަރުތަކަށްވުރެ ރަނގަޅު ކާމިޔާބީއެއް ހޯދާނެކަމަށް އުއްމީދުކުރައްވާ ކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ.

މިއަހަރުގެ ރިޔާސީ ބަޔާނުގައި ރައީސް ވަނީ; ހަމަޖެހުމާއި، މަސްލަހަތާއި، އަމާންކަން ދެމެހެއްޓޭނީ އަޑުއެހުމާއި، މަޝްވަރާއާއި، ދޫދިނުމާއި، އަދި ހިފަހައްޓަންޖެހޭ އިންތަކާއި މިންތަކުގައި ސަރުކާރުން ސާބިތުވެ ދެމިއޮވެގެން ކަމުގައި ވިދާޅުވެފައެވެ. އަދި، އެގޮތުގެ މަތިން، ފާއިތުވި 4 އަހަރެކޭ އެއްފަދައިން ކުރިޔަށް އޮތްތަނުގައިވެސް އެމަނިކުފާނުގެ ސަރުކާރުން އެންމެ ބޮޑު އިސްކަމެއް ދޭނީ ހަމަޖެހުން ގާއިމްކުރުމަށް ކަމުގައި ރައީސް ވިދާޅުވިއެވެ.

ރައީސްގެ ވާހަކަފުޅުގައި; ސަރުކާރުން އަދާކުރަންޖެހޭ ހައްގުތަކާއި، އުފުލަން ޖެހޭ މަސްއޫލިއްޔަތާއި، ދޭންޖެހޭ ޚިދުމަތުގައި، ދިވެހި ކޮންމެ ރައްޔިތަކުވެސް ހަމަހަމަ ވާނެކަމަށާއި، ކޮންމެ ރައްޔިތަކީވެސް ސަރުކާރުގެ ކުރިމަތީގައި ގަދަރުވެރި ދިވެހި ރައްޔިތެއްކަމުގައި އެމަނިކުފާނު ވިދާޅުވިއެވެ. ހަމަ އެއާއެކު މި ސަރުކާރުން އިސްލާމްދީނާއި، ދިވެހި ގައުމިއްޔަތުގައި ތަފާތުކުރުމެއް ނުގެންގުޅޭ ކަމަށާއި، އެކަމުގެ ސަބަބުން ގައުމުގައި މީގެ ކުރިން ނެތް ހަމަޖެހުމާއި، މަސްލަހަތު އިއާދަކުރެވި، ހިފެހެއްޓި، ދެމެހެއްޓިއްޖެ ކަމުގައިވެސް އެމަނިކުފާނު ވިދާޅުވިއެވެ. އަދި، މިކަން ރައްޔިތުންވެސް ބަލައިގެންފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވެވިއެވެ.

މީގެ އިތުރުންވެސް، މި ސަރުކާރުން ރާއްޖެއަށް ގެންނަން ވައުދުވީ ބޮޑު ބަދަލެއްކަމަށާއި، އެބަދަލުގެ ފަހަތުގައި ވަނީ ރައްޔިތުންގެ އުފާފާގަތި ދިރިއުޅުމާއި، ބާއްޖަވެރިކަމާއި، ތަނަވަސްކަމާއި، ފުދުންތެރިކަމާއި، ތިޔާގިކަން ތަފާތު ކުރުމެއްނެތި ގެނެސްދިނުން ކަމުގައި ރައީސްގެ މި އަހަރުގެ ރިޔާސީ ބަޔާނުގައި ވަނީ ފާހަގަކުރައްވާފައެވެ. އެގޮތުން، ގައުމު އާރާސްތުވާނީ ޒުވާނުން ބިނާކޮށްގެން ކަމަށާއި، ރަނގަޅު ހެދިހުރި ޒުވާނަކަށް ބޭނުންވާ ތައުލީމާއި ތަރުބިއްޔަތު ދިނުމަށްވުރެ ބޮޑު އިންވެސްޓްމެންޓެއް ގައުމަކުން ނުކުރާނެކަން ރައީސް ފާހަގަކުރެއްވެވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 4 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް