ކ. މާލެ
|
6 ފެބްރުއަރީ 2023 | ހޯމަ 19:14
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން
ދައުލަތުގެ ބެލުމުގެ ދަށުގައި ތިބި ކުދިން
ސަރުކާރުން އަމާންވެށީގެ 7 މަރުކަޒު ޤާއިމްކޮށް، 156 މުވައްޒަފުން ވަނީ ތަމްރީންކޮށްފައި
ކުދިން ތިބޭ މާހައުލު ރައްކާތެރިކަން ކަށަވަރު ނުވާ ނަމަ ދައުލަތުގެ ބެލުމުގެ ދަށަށް ގެންދޭ

ސަރުކާރުން އަމާންވެށީގައި މަސައްކަތްކުރާ 156 މުވައްޒަފުން ތަމްރީންކޮށްފައިވާ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ.

ރިޔާސީ ބަޔާން އިއްވަވަމުން އެމަނިކުފާނު ވިދާޅުވީ ސަރުކާރުން ދައުލަތުގެ ބެލުމުގެ ދަށަށް ނެގޭ ކުދިންނަށް ޢާއިލީ ވެއްޓެއް ހޯދައިދިނުގެ މަސައްކަތް ދަނީ ކުރަމުން ކަމަށެވެ. އަދި މިފަދަ އަމާންވެށީގެ 7 މަރުކަޒު ގާއިމުކޮށް އެތަންތަނަށް ކުދިން ބަދަލުކޮށްފައިވާ ކަމަށް ރައީސް ވަނީ ފާހަގަކުރައްވާފައެވެ. ލާމަރުކަޒީ އިންތިޒާމެއްގެ ދަށުން މުޅިރާއްޖެއަށް ބޭނުންވާ އިޖްތިމާޢީ ހަރަކާތްތެރިންގެ އިންސާނީ ވަސީލަތުގެ މުހިންމުކަން ބޮޑު ކަމަށް ވެސް ރައީސް ވަނީ ވިދާޅުވެފައެވެ. މީގެ އިތުރުން 19 އަތޮޅުގައިވާ ފެމެލީ އެންޑް ޗިލްރަން ސަރވިސް ސެންޓަރ ތަކަކީ މިކަމަށް ޚާއްޞަ މަރުކަޒުތައް ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި ފުރިހަމަ ޚިދުމަތެއް ދިނުމަށްޓަކާ އިތުރަށް ބޭނުންވި 156 މުވައްޒަފުން ފާއިތުވި 4 އަހަރުގެ ތެރޭގައި ވަނީ ޚިދުމަތަށް ނެރެފައި ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ދައުލަތުގެ ބެލުމުގެ ދަށުގައި 200 އާއި ގާތް ކުރާ އަދަދަކަށް ކުދިން ތިބިކަމަށް މިނިސްޓްރީ އޮފް ޖެންޑަރ، ފެމިލީ އެންޑް ސޯޝަލް ސަރވިސަސްގެ ތަފާސްހިސާބުތަކުން ދައްކައެވެ. ދައުލަތުން ބަލަހައްޓާ ކުދިން ފޮސްޓަރ ކުރުމުގެ މަސައްކަތް ވެސް ސަރުކާރުން ދަނީ ކުރަމުންނެވެ. އާއްމު އުސޫލެއްގެ ގޮތުން ދައުލަތުގެ ބެލުމުގެ ދަށަށް ކުދިން ގެންދަނީ ކުދިންނަށް ލިބޭ އަނިޔާގެ މައްސަލަތަކާއި ގުޅިގެންނެވެ.

އެގޮތުން ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެންދާ ހާލަތުތަކަށް ބަލާއިރު ކުދިން ތިބޭ މާހައުލުގެ ރައްކާތެރިކަން ކަށަވަރު ނުވުމާއި، ކުއްޖާ ދިރިއުޅޭ ގޭގެ މާހައުލު ނުވަތަ ކުއްޖާގެ އާއިލާ ތެރޭން ރައްކާތެރިކާމާއިއެކު ބަލަހައްޓާނެ ފަރާތެއް ނެތް ހާލަތުގައި އެކުއްޖެއް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެއެވެ. އަދި މައިންބަފައިން ނިޔާވުމުގެ ސަބަބުން ނުވަތަ މައިންބަފައިންނަށް ދިމާވާ ހާލަތަކުން ބެލެން ނެތް ކުދިންވެސް ދައުލަތުގެ ބެލުމުގެ ދަށަށް ގެންދެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް