ކ. މާލެ
|
5 ފެބްރުއަރީ 2023 | އާދީއްތަ 16:47
ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު
ބަންޑާރަ ނާއިބު އިބްރާހިމް ރިއްފަތު
ރާއްޖެއެމްވީ
ބަންޑާރަ ނާއިބުގެ އޮފީސް
މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހެޅުމަށް އޭޖީ އޮފީހުން ނިންމައިފި
މުޅިން އަލަށް ހުށަހަޅާ 7 ބިލަކާއި، ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ 16 ބިލެއް ހިމެނޭ

ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރުގައި 23 ބިލެއް ހުށަހެޅުމަށް ބަންޑާރަ ނާއިބުގެ އޮފީހުން ނިންމައިފިއެވެ.

ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހުގެ މިއަހަރުގެ ފުރަތަމަ ދައުރަށް ހުށަހަޅަން ޤަޞްދުކުރާ ބިލުތަކުގެ ލިސްޓުގައި ހިމެނެނީ މުޅިން އަލަށް ހުށަހަޅާ 7 ބިލަކާއި، ޤާނޫނުތަކަށް އިސްލާހު ގެނައުމަށް ހުށަހަޅާ 16 ބިލެކެވެ.

އިސްލާހު ގެނައުމަށް ހުށަހަޅާ ބިލްތަކުގެ ތެރޭގައި ޖުޑީޝަލް ސަރވިސް ކޮމިޝަން އެކުލެވިގެންވާގޮތް ބަދަލުކުރުމަށް ހުށަހެޅުމަށް ވަނީ ހަމަޖެހިފައެވެ. ޖޭ.އެސް.ސީ އެކުލެވިގެންވާގޮތަށް ބަދަލު ގެނައުމަށްޓަކައި ގިނަ ބައެއްގެ ޚިޔާލާއެކު ބަންޑާރަ ނާއިބުގެ އޮފީހުން ވަނީ ގިނަ މަސައްކަތްތަކެއް ނިމިދިޔަ އަހަރުގެ ތެރޭގައި ކޮށްފައެވެ. ޖޭ.އެސް.ސީ އެކުލެވާލުމަށް ގިނަ މީހުންގެ ލަފަޔަކީ ސިޔާސީ މީހުން ނުހިމަނައި ކޮމިޝަން އެކުލަވާލުމެވެ.

މިބިލާއިއެކު އިސްލާހު ގެނައުމަށް ހުށަހަޅާ ބިލުތަކުގެ ތެރޭގައި ޤާނޫނު އަސާސީއަށް އިސްލާހު ގެނައުމުގެ ބިލާއި، ޤާނޫނުލް އުގޫބާތާއި، ޖިނާއީ އިޖުރާތު ޤާނޫނާއި، މަސްތުވާތަކެއްޗާއިބެހޭ ޤާނޫނާއި، މައުލޫމާތުހޯދާ ލިބިގަތުމުގެ ޙައްޤުގެ ޤާނޫނާއި، ރިޔާސީ އިންތިޚާބުގެ ޤާނޫނަށް އިސްލާހު ގެނައުމަށްވެސް ވަނީ ހަމަޖެހިފައެވެ. އަލަށް ހުށަހަޅާ ބިލްތަކުގެ ތެރޭގައި، ހައްޖާއި އުމުރާގެ ބިލާއި، އިސްރަށްވެހިންގެ ބިލާއި، ފޮރިން އިސްވެސްޓަރުންގެ ބިލާއި، މޯލްޑިވްސް މީޑިއާ އެންޑް ބްރޯޑްކާސްޓިންގެ ބިލާއި، އަބުރާއި ބެހުމުގެ ސަބަބުން ލިބޭ ގެއްލުމުގެ ބަދަލު ނެގުމުގެ ބިލުވެސް ހިމެނެއެވެ.

ބަންޑާރަ ނާއިބުގެ އޮފީހުން ކޮންމެ އަހަރެއްގެވެސް އަދި މަޖިލީހުގެ ކޮންމެ ދައުރެއްވެސް ފެށުމުގެ ކުރިން އެ އޮފީހުން މަޖިލީހަށް ހުށަހެޅުމަށް ގަސްތުކުރައްވާ ބިލްތަކުގެ ލިސްޓެއް ރައްޔިތުންގެ މަޖިލީހަށް ފޮނުވައެވެ. މިއަހަރަށް މަޖިލިސް ހުޅުވުމާއި، ރިޔާސީ ބަޔާން އިއްވުމުގެ ޖަލްސާ މާދަމާ ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް