Advertisement
ކ. މާލެ
|
4 ފެބްރުއަރީ 2023 | ހޮނިހިރު 07:49
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ލަންކާގެ ކުރީގެ ބޮޑުވަޒީރު ރާޖަޕަކްސައާ ބައްދަލުކުރައްވަނީ
ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ލަންކާގެ ކުރީގެ ބޮޑުވަޒީރު ރާޖަޕަކްސައާ ބައްދަލުކުރައްވަނީ
ޚާރިޖީ ވަޒީރު އަބްދުﷲ ޝާހިދް / ޓްވިޓާ
ޝާހިދު ރާޖަޕަކްސައާ ބައްދަލުކުރެއްވުން
ޝާހިދު ލަންކާގެ ކުރީގެ ބޮޑުވަޒީރު ރާޖަޕަކްސައާ ބައްދަލުކުރައްވައިފި
ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރެއްވި
ޝާހިދު ލަންކާ އަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ހާރިޖީ ވަޒީރު އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެއް

ފޮރިން މިނިސްޓަރު އަބްދުﷲ ޝާހިދު ސްރީލަންކާގެ ކުރީގެ ބޮޑުވަޒީރު މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވައިފިއެވެ.

ޝާހިދު މިހާރު ލަންކާއަށް ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި މަހިންދަ ރާޖަޕަކްސައާ ބައްދަލުކުރައްވާ އެކި ދާއިރާތަކުން ދެ ގައުމުގެ ގުޅުން އިތުރަށް ބަދަހި ކުރުމާ ގުޅޭ ގޮތުން މަޝްވަރާ ކުރައްވާފައިވާ ކަމަށް ފޮރިން މިނިސްޓްރީން ބުނެއެވެ.

Advertisement

މިބައްދަލުކުރެއްވުމާއި ގުޅޭގޮތުން ޝާހިދު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ ރާޖަޕަކްސައާއެކު ކުރިއަށް ދިޔައީ ރަނގަޅު މަޝްވަރާތަކެއް ކަމަށެވެ. އަދި ދެ ގައުމުގެ ދެމެދު އޮތް ބަދަހި ގުޅުމުގެ ސަބަބުން އެކަމާ އުފާކުރައްވާ ކަމަށް ވެސް ޝާހިދު ވިދާޅުވިއެވެ.

ޝާހިދު ލަންކާ އަށް ކުރައްވާ ދަތުރުފުޅަކީ އެ ގައުމުގެ ޚާރިޖީ ވަޒީރު އަލީ ސަބްރީގެ ދައުވަތަކަށް ކުރައްވާ ދަތުރުފުޅެކެވެ. މިއީ ލަންކާގެ މިނިވަން ދުވަހުގެ މުނާސަބަތުގައި ބާއްވާ ހަރަކާތްތަކުގައި ބައިވެރިވެވަޑައިގަތުމަށް ކުރައްވާ ދަތުރުފުޅެއްކަމަށް ޝާހިދު ކުރެއްވި ޓްވީޓެއްގައި ވަނީ ވިދާޅުވެފައެވެ.

މި ދަތުރުފުޅުގައި ލަންކާގެ ރައީސް ރަނިލް ވިކްރަމަސިންހަ އާއި އެ ގައުމުގެ ބޮޑުވަޒީރު ދިނޭޝް ގުނަވަރުދަނާއާ ވެސް ޝާހިދު ބައްދަލުކުރައްވާނެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް