ކ. މާލެ
|
29 ޖެނުއަރީ 2023 | އާދީއްތަ 21:12
އިންޑިގޯ އެއަރގެ ބޯޓެއް
އިންޑިގޯ އެއަރގެ ބޯޓެއް
ވަޔަން
އެވިއޭޝަން އެކްސިޑެންޓް
އިންޑިގޯ އެއަރގެ މަތިންދާބޯޓެއް ވައިތެރޭގައި އޮއްވައި އިމަރޖެންސީ ދޮރު ހުޅުވަން އުޅެފި
ދޮރުހުޅުވަން އުޅުނުނަމަވެސް އެކަން ކުރެވޭގޮތް ވެފައެއް ނުވޭ

އިންޑިޔާގެ ނާގްޕޫރުން ފުރައިގެން މުމްބާއީއަށް ދަތުރުކުރި އިންޑިގޯ އެއަރގެ މަތިންދާބޯޓެއް ވައިތެރޭގައި އޮއްވައި، ބޯޓުގައި އިން މީހަކު އިމަރޖެންސީ ދޮރުހުޅުވަން މަސައްކަތްކޮށްފިއެވެ. މިކަން ހިންގާފައިވަނީ ބޯޓު ޖައްސަން ތައްޔާރުވެފައި ވަނިކޮށް ކަމަށް ވެއެވެ. ޖެނުއަރީ 24 ވަނަ ދުވަހު ހިނގި މިހާދިސާގެ މައުލޫމާތު ހާމަކޮށްފައިވަނީ މިހާރުއެވެ. އިންޑިގޯ އެއަރއިން ބުނެފައިވަނީ މިކަން ދިމާވިނަމަވެސް ރައްކާތެރިކަމާއެކު ބޯޓުޖައްސާފައިވާ ކަމުގައެވެ. އެމީހާ ދޮރު ހުޅުވަން އުޅުނު ތަން ފެނުމުން ވަގުތުން ކެޕްޓަނަށް އެކަން އަންގައި އެމީހާ ހުއްޓުވިކަމަށް އެ އެއަރލައިނުން ބުނެފައިވެއެވެ. އަދި ބޯޓުގެ ސަލާމަތީ ކަންކަމަށް ގެއްލުންވާފަދަ ކަމެއް ކޮށްފައިވާތީ، ބޯޓު ޖެއްސުމަށްފަހު އޭނާގެ މައްސަލަ ވަނީ ފުލުހުންނަށް ހުށަހަޅާފައެވެ.

އިންޑިޔާގެ އޭވިއޭޝަން އިންޑަސްޓްރީއަށް ކުރިމަތިވި ނުރައްކާތެރި އެހެން ހާދިސާއެއްގައި ލަކްނައުއިން ފުރި މަތިންދާބޯޓެއްގައި ދޫނިތަކެއް ޖެހުމުގެ ސަބަބުން ބޯޓު އަނބުރައި ލަކްނައު އެއަރޕޯޓަށް ޖައްސަން ޖެހުނުކަމަށް އެއަރޕޯޓްގެ އޮފިޝަލުންނާ ހަވާލާދީ އޭ.އެން.އައި ރިޕޯޓްކޮށްފައިވެއެވެ.    

އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް