Advertisement
ކ. މާލެ
|
28 ޖެނުއަރީ 2023 | ހޮނިހިރު 23:01
ރައީސް ސާލިހަށް ތާއީދުކުރާ ފަރާތްތަކުން އުފާ ފާޅުކުރުން
ރައީސް ސާލިހަށް ތާއީދުކުރާ ފަރާތްތަކުން އުފާ ފާޅުކުރުން
ރާއްޖެއެމްވީ
އެމްޑީޕީ ޕްރައިމަރީ 2023
އެއްވެސް ކަމެއް ހިތުގައެއް ނެތް، ގުޅިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކުރަން ގޮވާލަން: ރައީސް
ބޮޑެތި ސިޓީތަކުންވެސް ޖުމުލަ ނަތީޖާ އޮތީ އެމްޑީޕީއާއެކު ކުރިއަށް ދިއުމަށް
ރައީސް ވަނީ ކެމްޕޭނުގައި މަސައްކަތްކޮށްދިން ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރައްވާފައި
އަދި ކިރިޔާ މަސައްކަތް ފެށުނީކަމަށް ރައީސް ވިދާޅުވި

އެއްވެސް ކަމެއް ހިތްޕުޅުގައި ނެތްކަމަށާއި، ގުޅިގެން ރިޔާސީ އިންތިޚާބު ކާމިޔާބުކުރުމަށް މަސައްކަތްކުރަން ވާދަވެރިންނަށް ގޮވާލައްވާކަމަށް ރައީސް އިބްރާހީމް މުހައްމަދު ސޯލިހު ވިދާޅުވެއްޖެއެވެ.

Advertisement

އެމްޑީޕީގެ ރިޔާސީ ޕްރައިމަރީ ކާމިޔާބު ކުރެއްވުމަށްފަހު ބޭއްވެވި އުފާ ފާާޅުކުރުމުގެ ޖަލްސާގައި ވާހަކަފުޅުދައްކަވަމުން ރައީސް ވަނީ، ކެމްޕޭނުގައި މަސައްކަތްކޮށްދެއްވި ހުރިހާ ފަރާތްތަކަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ތިޔަ ހުރިހާ ބޭފުޅުންވެސް އޮތީ އެއް މަގުސަދެއް. އެއީ އެމްޑީޕީއާއެކު ކުރިއަށް ދިއުން.

ރައީސް ވިދާޅުވީ، ޕްރައިމަރީގަައި އެމްޑީޕީން މި ދެއްކީ ޑިމޮކްރަސީގެ ފުރިހަމަ ނަމޫނާއެއްކަމަށެވެ. ރައީސް ވަނީ މި ވާދަވެރި ޕްރައިމަރީގައި ވޯޓުލެއްވި އެމްޑީޕީގެ ހުރިހާ މެމްބަރުންނަށްވެސް ޝުކުރު އަދާކުރައްވާފައެވެ.

ބައެއްކަހަލަ ނުރަނގަޅު ކަންކަން ހިނގައިދިޔަނަމަވެސް، ވާދަވެރިންނަށްވެސް ޝުކުރު އަދާކުރައްވާކަމަށް ރައީސް ވިދާޅުވިއެވެ.

އޭގެ އިތުރުން، އަދި ކިރިޔާ މަސައްކަތް ފެށުނީކަން ފާހަގަކުރައްވައި ރައީސް ވަނީ، މިހާރު ވާދަވެރިކަން ނިމުނީކަމަށް، ވާދަވެރި ކެންޑިޑޭޓާއި އެބޭފުޅާގެ ޓީމަށް ގޮވާލައްވާފައެވެ. އެގޮތުން އެއްވެސް ކަމެއް ހިތްޕުޅުގައި ނެތްކަން ފާހަގަ ކުރައްވައި ރައީސް ވަނީ، އެމްޑީޕީ ކުރިއަށް ގެންދިއުމުގައި ކުރާ މަސައްކަތުގައި ބައިވެރިވުމަށް ދައުވަތު ދެއްވާފައެވެ.

ދެން އޮތް މަރުހަލާ އަދި މިއަށްވުރެވެސް ފަސޭހަވާނެކަމަށް ވިދާޅުވެ ރައީސް ވިދާޅުވީ، އެމްޑީޕީގެ އޮންނާނީ އެއް މަގުސަދެއް ކަމަށާއި، އެއީ ރާއްޖޭގެ ރައްޔިތުންނަށް ހަމަޖެހުމާއި ތަރައްގީ ގެނައުން ކަމަށެވެ. މިއީ އެއް ނުކުރެވޭނެ ދެ ބައެއް ނޫންކަމަށްވެސް ރައީސް ޔަގީންކަމާއެކު ވިދާޅުވިއެވެ.

ބޮޑެތި ސިޓީތަކުންވެސް ޖުމުލަ ނަތީޖާ އޮތީ އެމްޑީޕީއާއެކު ކުރިއަށް ދިއުމަށްކަމަށް ރައީސް ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 3 ދުވަަސް ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް