ކ. މާލެ
|
27 ޖެނުއަރީ 2023 | ހުކުރު 19:38
ޚާއްސަ ދުއާ އަކާއި އެކު، ރައީސް ޞާލިހުގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުން
ޚާއްސަ ދުއާ އަކާއި އެކު، ރައީސް ޞާލިހުގެ ކެމްޕެއިން ހަރަކާތްތައް ނިންމާލުން
ރާއްޖެއެމްވީ
އެމްޑީޕީގެ ވެރިކަން
ދެން އެކުލަވާލާ ސަރުކާރެއްގައި އެތެރެ އާއި ބޭރުން އަންނަ އުނދަނގޫތަކަށް ފުރުސަތު ނުދޭނަން: ރައީސް
ރައީސް ވިދާޅުވީ ބޭނުންވަނީ ސުލްހަ އާއި ހަމަޖެހުމާއި އަމާންކަން ކަމަށް
ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ޕާޓީގެ ތެރެއިން ވެސް ދަތިތަކާއި އެމަނިކުފާނަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ކަމަށް

ދެން އެކުލަވާލާ ސަރުކާރެއްގައި އެތެރެ އާއި ބޭރުން އަންނަ އުނދަނގޫތަކަށް ފުރުސަތުނުދެއްވާނެ ކަމަށް ރައީސް އިބްރާހިމް މުހައްމަދު ޞާލިހު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ ރިޔާސީ ޕްރައިމަރީ ނިންމާލުމުގެ ގޮތުން ވާހަކަދައްކަވަމުންނެވެ. ރައީސް ވިދާޅުވީ ބޭނުންވަނީ ސުލްހަ އާއި ހަމަޖެހުމާއި އަމާންކަން ކަމަށެވެ. އެއްވެސް މީހަކަަށް އެއާއި ނުލާ ތަރައްޤީ ނުގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. ސުލްހަ މަސަލަސްކަން ނެތި ގައުމަށް ތަރައްގީވެސް ނުގެނެވޭނެ ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މީގެ އިތުރުން 2013 އިން 2018 އަށް ރާއްޖެ އޮތް ބިރުވެރި ހާލަތު ހަނދާން ނައްތާލެވެން ނެތް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ. މިއަދު ހަމަނުޖެހުންތަކާއި ނުލާ ހަމަޖެހިގެން ތިބެވެނީ ބަޔަކު މަސައްކަތްތަކެއް ކުރުމުން ކަމަށް ރައީސް ވިދާޅުވިއެވެ. ރައީސް ވިދާޅުވީ އިދިކޮޅު ފަރާތްތަކާއި ޕާޓީގެ ތެރެއިން ވެސް ދަތިތަކާއި އެމަނިކުފާނަށް ކުރިމަތިލައްވަން ޖެހިވަޑައިގަންނަވާ ކަމަށެެވެ.

އެހެންނަމަވެސް އެކަންކަމާއި މެދު ގޮތް ނިންމަނީ ވިސްނުންތެރިކަމާއި އެކުގައި ކަމަށް ރައީސް ޞާލިހު ވިދާޅުވިއެވެ. އަދި ދެވަނަ ފަހަރަކަށް އެކުލަވާލާ ސަރުކާރެއްގައި އަމަލުކުރައްވާނީ އެ ތަޖުރިބާތަކުގެ އަލީގައި ކަަމަށް ވެސް ރައީސް ވިދާޅުވިއެވެ. އިރާދަކުރެއްވިއްޔާ އިންތިޚާބު ކާމިޔާބުކުރައްވާނެ ކަމަށާއި އާދިއްތަ ދުވަސް ވާނީ އުފާވެރި ދުވަހަކަށް ކަަމަށް ރައީސް ވިދާޅުވިއެވެ. އަދި އިންތިޚާބު ކާމިޔާބުވުމުން މާޒީ އެކަހެރިކޮށް، މާޒީ ބާއްވާފައި އެކުގައި މަސައްކަތްކުރުމަށް ރައީސް ގޮވާލެއްވިއެވެ. އެކުގައި މަސައްކަތްކޮށްފި ނަމަ އެމްޑީޕީ އިން ފަސެހަކަމާއި އެކު ރިޔާސީ އިންތިޚާބު ކާމިޔާބުކުރާނެ ކަމަށް އެމަނިކުފާނު ވަނީ ވިދާޅުވެފައެވެ.

އެ ޖަލްސާގައި ރައީސް ވަނީ އެމަނިކުފާނުގެ ސަރުކާރުގެ ޚިދުމަތްތަކަށް އަލިއަޅުވާލައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ގަޑިއިރު ކުރި
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް