ކ. މާލެ
|
27 ޖެނުއަރީ 2023 | ހުކުރު 11:11
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ޖަލްސާގެ ތެރެއިން
ކުރީގެ ރައީސް މުޙައްމަދު ނަޝީދުގެ ކެމްޕޭން ޖަލްސާގެ ތެރެއިން
ޓްވިޓަރ
އެމްޑީޕީ ރިޔާސީ ޕްރައިމަރީ
ޖަލްސާގައި ރައީސް ނަޝީދަށް އެއްވެސް ތްރެޓެއް އަތުވެދާނެ ކަމުގެ މައުލޫމާތު ލިބިފައި ނުވޭ: އެމްއެންޑީއެފް
ފުލުހުން ވެސް ވަނީ އެފަދަ ނުރައްކަލެއް އޮތް ކަމުގެ މައުލޫމާތު ނުލިބޭ ކަމަށް ބުނެފައި

ރައްޔިތުންގެ މަޖިލީހުގެ ރައީސް އަދި ކުރީގެ ރައީސް މުޙައްމަދު ނަޝީދު ބުރާސްފަތި ދުވަހުގެ ރޭ ބޭއްވެވި ކެމްޕެއިން ޖަލްސާގައި އެމަނިކުފާނަށް އެއްވެސް ތްރެޓެއް އަތުވެދާނެ ކަމުގެ މަޢުލޫމާތު ލިބިފައިނުވާ ކަމަށް މޯލްޑިވްސް ނެޝަނަލް ޑިފެންސް ފޯރސް، އެމްއެންޑީއެފް އިން ބުނެފިއެވެ.

އެމްއެންޑީއެފް އިން މިހެން ބުނެފައިވަނީ ސަލާމަތީ ނުރައްކަލެއް އޮތް ކަމަށް ޝައްކުކޮށް، ރައީސް މުހައްމަދު ނަޝީދުގެ ކެމްޕެއިން ނިންމާލުމަށް ބޭއްވި ޖަލްސާ ކުރިން ރާވާފައި އޮތް ވަގުތަށް ވުރެ އަވަހަށް ނިންމާލާފައިވާ ކަމަށް ބައެއް ނޫސްތަކުން ރިޕޯޓުކުރުމާއި ގުޅިގެންނެވެ. އެމަނިކުފާނުގެ ވާހަކަފުޅު ނިންމަވާލެއްވީ ސެކިއުރިޓީގެ އިރުޝާދުގެ މަތިން ކަމަށް ރައީސް ނަޝީދާ އަރިސް ބޭފުޅަކު ކަށަވަރުކޮށްދީފައިވާ ކަމަށް ވެސް ނޫހަކުން ވަނީ ރިޕޯޓްކޮށްފައެވެ.

މިކަމާ ގުޅިގެން އެފަދަ އެއްވެސް ނުރައްކަލެއްގެ މައުލޫމާތު ލިބިފައިނުވާ ކަމަށް ފުލުހުން ވެސް ވަނީ ބުނެފައެވެ. ބައެއް ނޫސްތަކުން އެފަދައިން ރިޕޯޓުކޮށްފައިވަނީ އެފަދަކަމެއް އުޅޭތޯ ފުލުހުންގެ ފަރާތުން މައުލޫމާތު އޮޅުންފިލުވުމާކާއި ނުލާކަމަށް ވެސް ފުލުހުން ބުންޏެވެ.

ޖަލްސާގައި ވާހަކަފުޅު ދައްކަވަމުން ނަޝީދު ވިދާޅުވީ އެމްޑީޕީގެ މެންބަރުން ކަންބޮޑުވަނީ އެ ޕާޓީގެ ސިޔާސަތާ ދުރު، ކޯލިޝަން ޕާޓީތަކުގެ ސިޔާސަތުތައް މި ސަރުކާރުން ތަންފީޒު ކުރާތީ ކަމަށެވެ. އަދި ޕްރައިމަރީގައި އެމަނިކުފާނު ވާދަކުރައްވަނީ އެމްޑީޕީގެ ވެރިކަން އެމްޑީޕީއަށް އަލުން ހޯދުމަށްޓަކައި ކަމަށް ވެސް ނަޝީދު ވިދާޅުވިއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 7 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް