ކ. މާލެ
|
27 ޖެނުއަރީ 2023 | ހުކުރު 07:09
އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާ
އައްޑޫގައި ބޭއްވި ކެމްޕެއިން ޖަލްސާ
އެމްޑީޕީ
އައްޑޫގެ ތަރައްޤީ
އައްޑޫ ތަރައްގީ ވާނީ މައި ސަރުކާރުން އެކަމަށް ބޭނުންވާ ބާރުތައް ރައްޔިތުންނަށް ދޫކޮށްގެން: ޝައުނާ
ޝައުނާ ވަނީ ރައީސް ޞާލިހު ކޮވިޑްގެ ދުވަސްވަރު ރާއްޖޭގެ ކަންކަން މެނޭޖްކުރި ގޮތަށް ތައުރީފްކުރައްވާ

އައްޑޫގެ ރައްޔިތުން ބޭނުންވާ ފަދަ ތަރައްގީއެއް ލިބޭނީ މައި ސަރުކާރުން އެކަމަށް ބޭނުންވާ ބާރުތައް އައްޑޫގެ ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްގެން ކަމަށް އެންވަޔަރަމަންޓް މިނިސްޓަރު އައިމިނަތު ޝައުނާ ވިދާޅުވެއްޖެއެވެ.

ޝައުނާ އެފަދައިން ވިދާޅުވީ ބުރާސްދަތި ދުވަހުގެ ރޭ އައްޑޫގައި ބޭއްވި ރިޔާސީ ޕްރައިމަރީ ކެމްޕެއިން ޖަލްސާގައި ވާހަކަދައްކަވަމުންނެވެ. އެ ޖަލްސާގައި ޝައުނާ ވާހަކަދެއްކެވީ އައްޑޫ ބަހުރުވައިންނެވެ. އޭނާ ވަނީ އައްޑޫގެ ތަރައްޤީ އާއި އައްޑޫގެ ކުރިއެރުމާއި ގުޅޭގޮތުން ވާހަކަދައްކަވާފައެވެ. އައްޑޫގެ ރައްޔިތުންނަކީ ތަރައްޤީ އަަށް ލޯބިކުރާ ބަޔަކު ތިބި ތަނެއް ކަން ޝައުނާ ވަނީ ފާހަގަކުރައްވާފައެވެ. އޭނާ ވިދާޅުވީ ސަރުކާރުންވަނީ އައްޑޫ ތަރައްގީ ކުރުމަށް ބޭނުންވާ ބާރުތައް ރައްޔިތުންގެ އަތް މައްޗަށް ދޫކޮށްފައި ކަމަށެވެ. އެ ބާރުތަކުގެ ބޭނުން ކޮށްގެން އައްޑޫގެ ރައްޔިތުންނަށް ބޭނުންވާ އިގްތިސާދީ އަދި އިޖްތިމާއީ ތަރައްގީތައް ގެނެސްދެއްވޭނެ ބޭފުޅަކީ ރައީސް އިބްރާހީމް މުހައްމަދު ޞާލިހު ކަމަށް އޭނާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝައުނާ ވަނީ ރާއްޖެ ލާމަރުކަޒީކުރުމަށް ރައީސް ސާލިހު ދެއްވާ އިސްކަން ފާހަގަކުރައްވާފައެވެ. އެގޮތުން ލާމަރުކަޒީ އުސޫލެއްގެ ދަށުން ކަންކަން ހިންގުމާއި ދެކޮޅަށް ބައެއް މުއައްސަސާތަކާއި މިނިސްޓްރީތަކުގެ ބޭފުޅުން ވަކާލާތުކުރެއްވި ނަމަވެސް އެއީ ރައީސްގެ ވިސްނުފުޅެއް ނޫން ކަމަށް ޝައުނާ ވިދާޅުވިއެވެ. ލާމަރުކަޒު ނުކޮށް ރައްޔިތުން ބާރުވެރިކޮށް ތަރައްގީ ހާސިލުނުކުރެވޭނެ ކަމަށް ވެސް ޝައުނާ ވިދާޅުވިއެވެ.

އިތުރަށް ވާހަކަދައްކަވަމުން ޝައުނާ ވަނީ ރައީސް ޞާލިހު ކޮވިޑްގެ ދުވަސްވަރު ރާއްޖޭގެ ކަންކަން މެނޭޖުކުރެއްވި ގޮތަށް ތައުރީފްކުރައްވާފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް