ކ. މާލެ
|
25 ޖެނުއަރީ 2023 | ބުދަ 07:22
ޑރ އިޔާޒު
ޑރ އިޔާޒު
ފޭސްބުކް
ޑރ. އިޔާޒަށް މަރުގެ އިންޒާރު ދިނުން
ޑރ. އިޔާޒަށް މަރުގެ އިންޒާރު ދިން މައްސަލައެއް ފުލުސް އޮފީހަށް ހުށަހަޅައިފި
މިއީ ފޭސްބުކްގައި މީހަކު ދިން އިޒާރަކާ ގުޅިގެން ހުށަހެޅި މައްސަލައެއް

އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި އެ ޕާޓީގެ އިލްމުވެރިންގެ މަޖިލީހުގެ ނައިބު ރައީސް ޑރ. މުހައްމަދު އިޔާޒު އަބްދުއްލަތީފް މަރާލުމަށް ގޮވާލި މީހެއްގެ މައްސަލަ ފުލުހުންނަށް ހުށަހަޅައިފިއެވެ.

މި މައްސަލަ އަދާލަތު ޕާޓީގެ ފަރާތުން ފުލުހުންނަށް ހުށަހަޅާފައިވާ ކަމަށް ވިދާޅުވީ ހޯމް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު އަދި އަދާލަތުގެ ތަރުޖަމާނު އަލީ ނަޒީރެވެ. އެގޮތުން ނަޒީރު ކުރެއްވި ޓުވީޓެއްގައި ވިދާޅުވީ އަދާލަތު ޕާޓީގެ އިސްފަނޑިޔާރު އަދި ޢިލްމުވެރިންގެ މަޖިލީހުގެ ނާއިބު ރައީސް ޑރ މުޙައްމަދު ޢިޔާޒު ޢަބްދުއްލަތީފު މެރުމަށް، މީސްމީޑިއާގައި ގޮވާލާ އިންޒާރުދިން މައްސަލަ ސީރިއަސް މައްސަލައެއްގެ ގޮތުގައި ބަލައިދިނުމަށް އެދި ފުލުހުންގެ ޚިދުމަތަށް ޢަދާލަތު ޕާޓީގެ ފަރާތުން ހުށަހަޅާފައިވާ ކަމަށެވެ.

މިއީ ފޭސްބުކްގައި މީހަކު ދިން އިޒާރަކާ ގުޅިގެން ހުށަހެޅި މައްސަލައެކެވެ. އިޔާޒުގެ ފޮޓޯ ހިމެނޭ އޭނާގެ ޚަބަރެއް ފޭސްބުކްގައި ޕޯސްޓު ކުރުމަށް ފަހު އެ މީހާ ވަނީ އިޔާޒު ދަންޖައްސާ މަރާލުމަށް ބުނެފައެވެ.

ޑރ. އިޔާޒަކީ ސޯޝަލް މީޑިއާގައި ވަރަށް އެކްޓިވް ބޭފުޅެކެވެ. އަދި ރާއްޖޭގެ ސިޔާސީ މަސްރަހުގައި ހިނގާ ކަންކަމާ ގުޅޭގޮތުން އަބަދުވެސް އޭނާގެ ޚިޔާލު ފާޅުކުރައްވައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް