ކ. މާލެ
|
22 ޖެނުއަރީ 2023 | އާދީއްތަ 13:23
ޝިއާއު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިލް
ޝިއާއު މަރާލިކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ ޝާހިލް
ފޭސްބުކް
ޝިއާއުގެ މަރުގެ މައްސަލަ
ޝިއާއުގެ މަރު: ޝާހިލްއަށް ވަކީލަކު އައްޔަނު ކުރަން ފުރުސަތު ދީފި
ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ސިއްރުކޮށްގެން
ޝާހިލްގެ މައްޗަށް، ތޫނު އެއްޗެއް ބޭނުންކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާ ކުރޭ

މިދިޔަ އަހަރުގެ އޮގަސްޓް މަހު ހ. ޝީރީން ވިލާގައި މަރާލާފައި އޮއްވާ ފެނުނު ފުވައްމުލައް ސިޓީ، ޝިއާއު މުހައްމަދު ސައީދުގެ މަރުގެ މައްސަލައިގެ އަޑުއެހުމެއް އާދިއްތަ ދުވަހު ކްރިމިނަލް ކޯޓުގައި ކުރިއަށް ގެންގޮސްފިއެވެ.

މި މައްސަލަ ތާވަލުކޮށްފައި އޮތީ އާދިއްތަ ދުވަހުގެ ހެނދުނު 11:00 އަށެވެ. ކްރިމިނަލް ކޯޓުގައި މި މައްސަލަ ކުރިއަށް ގެންދަނީ ސިއްރު ކޮށްގެންނެވެ.

މި މައްސަލާގައި ދައުލަތުން ދައުވާ އުފުލާފައިވަނީ ފ. ނިލަންދޫ, ފިނިފެންމާގެ, އަލީ ޝާހިލްގެ މައްޗަށެވެ. އޭނާގެ މައްޗަށް 5 ދައުވާއެއް ވަނީ އުފުލާފައެވެ.

އާދިއްތަ ދުވަހުގެ އަޑުއެހުމުގައި ވަނީ ޝާހިލްއަށް ވަކީލަކު އައްޔަނު ކުރުމަށް ފުރުސަތު ދެއްވާފައެވެ.

ޝާހިލްގެ މައްޗަށް، ތޫނު އެއްޗެއް ބޭނުން ކޮށްގެން ގަސްދުގައި މީހަކު މެރުމުގެ ދައުވާއާއި އޮރިޔާން ކާޑު ގެންގުޅުމުގެ ދައުވާގެ އިތުރުން ކެނަބިސް ބޭނުން ކުރުމުގެ ދައުވާ ކުރެއެވެ. ބާކީ އޮތް ދެ ދައުވާގެ މައުލޫމާތު ދައުލަތުންވެސް ސިއްރުކޮށްފައިވާތީ ކޯޓުންވެސް އެ މައުލޫމާތު ހާމައެއްނުކުރެއެވެ.

ޝިއާއުގެ ޕޯސްޓްމޯޓަމްގެ ވަގުތީ ނަތީޖާއިން ދައްކާގޮތުގައި އޭނާ މަރުވީ ހަށިގަނޑަށް ދީފައިވާ އަނިޔާތަކުގެ ސަބަބުންނެވެ. އޭނާ މަރުވިފަހުންވެސް ހަށިގަނޑަށް ހަމަލާދީފައިވާކަން އެ ރިޕޯޓުން އެނގެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް