ކ. މާލެ
|
21 ޖެނުއަރީ 2023 | ހޮނިހިރު 11:45
ކްރިމިނަލް ކޯޓް
ކްރިމިނަލް ކޯޓް
ރާއްޖެއެމްވީ
ކްރިމިނަލް ކޯޓުން ނިންމި މައްސަލަތައް
2022ގައި ކްރިމިނަލް ކޯޓުން ނިންމީ 1،096 މައްސަލަ
ފާއިތު ފަސް އަހަރުގެ ތެރެއިން، އެންމެ ގިނަ މައްސަލަ ނިންމީ 2019ގައި
މިދިޔަ އަހަރު 786 މައްސަލަ ކްރިމިނަލް ކޯޓަށް ހުށަހެޅި

ނިމިދިޔަ 2022 ވަނަ އަހަރު ކްރިމިނަލް ކޯޓުން 1،096 މައްސަލަ ނިންމާފައިވާކަމަށް އެ ކޯޓުން ހާމަކޮށްފިއެވެ.

މިދިޔަ އަހަރު އެކޯޓުން ކުރި މަސައްކަތްތަކުގެ ތަފްސީލު ހާމަކުރަމުން ކްރިމިނަލް ކޯޓުން ބުނީ, މިދިޔަ އަހަރު އެކޯޓުން ނިންމި މައްސަލައިގެ އަދަދު ފާއިތުވި ދެ އަހަރާ އަޅައިބަލާއިރު އިތުރުވެފައިވާކަމަށެވެ. 2021 ވަނަ އަހަރު އެކޯޓުން 701 މައްސަލަ ނިންމާފައިވާއިރު، 2020 ވަނަ އަހަރު 852 މައްސަލަ ނިންމާފައިވެއެވެ. އެހެންނަމަވެސް ފާއިތުވި 5 އަހަރަށް ބަލާއިރު އެންމެ ގިނަ މައްސަލަ ނިންމާފައިވަނީ 2019ގައި ކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ. އެއަހަރު 1،339 މައްސަލަ ނިންމާފައިވާކަމަށް ހާމަކޮށްފައިވެއެވެ.

މިގޮތުން ޖެނުއަރީ މަހު 40 މައްސަލަ ނިންމާފައިވާއިރު، ފެބްރުއަރީ މަހު 110 މައްސަލަ، މާރޗް މަހު 115 މައްސަލަ، އޭޕްރިލް މަހު 49 މައްސަލަ، މެއި މަހު 67 މައްސަލަ، ޖޫން މަހު 165 މައްސަލަ، ޖުލައި މަހު 28 މައްސަލަ، އޮގަސްޓު މަހު 132 މައްސަލަ، ސެޕްޓެމްބަރު މަހު 155 މައްސަލަ، އޮކްޓޯބަރު މަހު 81 މައްސަލަ އަދި ނޮވެމްބަރު މަހު 89 މައްސަލަ ނިންމާފައިވާއިރު، ޑިސެމްބަރު މަހު 65 މައްސަލަ ނިންމާފައިވާކަަމަށް އެކޯޓުން ހާމަކޮށްފައިވެއެވެ.

މީގެ އިތުރުން މިދިޔަ އަހަރު 786 މައްސަލަ އެ ކޯޓަށް ހުށަހަޅާފައިވާކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ. އަދި 12،757 މައްސަލަ ޝެޑިއުލްކޮށްފައިވާކަމަށް އެކޯޓުން ހާމަކުރެއެވެ. މީގެތެރެއިން 59 އިންސައްތަ އަޑުއެހުން ބޭއްވުނު ކަމަށާއި، 41 އިންސައްތަ މައްސަލަ އެކި ސަބަބުތަކާހުރެ ކެންސަލް ކުރެވިފައިވާކަމަށް އެކޯޓުން ބުނެފައިވެއެވެ.

2022 ވަނަ އަހަރުގެ ތެރޭގައި ބަންދާމެދު ގޮތް ނިންމުމުގެ 2،331 އަމުރު ނެރެދީފައިވާކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ. އަދި ތަފާތު 1،795 ކޯޓު އަމުރު ނެރެދީފައިވާކަމަށް ކްރިމިނަލް ކޯޓުން ބުނެފައިވެއެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: އައިޝަތު ރިޔާޒް
- ކޮމެންޓް