Advertisement
ކ. މާލެ
|
20 ޖެނުއަރީ 2023 | ހުކުރު 13:15
ހުކުރު ނަމާދު
ހުކުރު ނަމާދު
އިސްލާމިކް މިނިސްޓްރީ
މައިންބަފައިންނަށް ކަމޭހިތުން
މައިންބަފައިންނަށް އިހާނެތިކޮށް ހިތުމުން އާހިރަތް ދުވަހުން ލިބޭ އަޒާބުގެ ކުރިން ދުނިޔެމަތީގައި ވެސް އެކަމުގެ އުޤޫބާތް ލިބޭނެ: ޚުތުބާ
ބައެއް ދަރިން، އެކުދިންގެ މައިންބަފައިން އުމުރުން ދުވަސްވުމުން ދޫކޮށްލާ

މައިންބަފައިންނަށް އިހާނެތިކޮށް ހިތުމުން އާހިރަތްދުވަހުން ލިބޭ އަޒާބުގެ ކުރިން ދުނިޔެމަތީގައި ވެސް އެކަމުގެ އުޤޫބާތް ލިބޭނެ ކަމަށް ހުކުރު ޚުތުބާގައި ބުނެފިއެވެ.

Advertisement

"މައިންބަފައިންނަށް ކަމޭހިތުން" މި މައުޟޫގެ މައްޗަށް އިއްވި ޚުތުބާގައި ބުނީ މައިންބަފައިންނަށް ކަމޭހިތުމަކީ ދަރިންގެ މައްޗަށް ވާޖިބުކަމެއް ކަމަށެވެ. އަދި އެމީހުންނަށް އިހާނަތްތެރިކޮށް ހިތުމުން، އާހިރަތްދުވަހުން ލިބޭ އަޒާބުގެ ކުރިން ދުނިޔެމަތީގައި ވެސް އެކަމުގެ އުޤޫބާތް ލިބޭނެ ކަމަށް ކީރީތި ރަސޫލާ ﷺ ހަދީޘް ކުރެއްވި ކަމަށެވެ.

ފާފަތަކުގެ ތެރެއިން އަނިޔާވެރިކަމާއި މައިންބަފައިންނަށް ނުކިޔަމަންތެރިވުމާއި ގާތްތިމާގެކަމުގެ ގުޅުންކަނޑާލުން ފިޔަވައި އެންމެހައި ފާފަތަކުގެ ޖަޒާ، ޤިޔާމަތާއި ހަމައަށް މާތްﷲ ފަސްކުރައްވަތެވެ. ނަމަވެސް މިތިން ކަމުގެ ޖަޒާ މަރުވުމުގެ ކުރިން ދުނިޔެމަތީގައި އެމީހަކަށް އެކަލާނގެ ދެއްވަތެވެ
ޚުތުބާ

މިއަދު ފެންނަމުންދާ ބައެއް މަންޒަރުތަކަކީ ހިތާމަހުރި މަންޒަރުތަކެއްކަން ފާހަގަކޮށް ޚުތުބާގައި ބުނީ ބައެއް ދަރިން، އެކުދިންގެ މައިންބަފައިން އުމުރުން ދުވަސްވުމުން ދޫކޮށްލާ ކަމަށެވެ. އެމީހުން ބަލަހައްޓަން ބޭނުންނުވާ ކަމަށެވެ. އަދި އެމީހުން އެހެން މީހުން ގާތަށްގޮސް ސަލާމް ޖަހައިގެން، ކައިބޮއެ އުޅޭއިރު ދަރިން އުފަލާއި އަރާމުގައި އާއިލާއެކު އުފާ ކުރާ ކަމަށެވެ. އަދި މިއީ ހިތާމަހުރި ކަމެއް ކަމަށެވެ.

ތިމާގެ ހަޔާތުގައި މަންމަ ނުވަތަ ބައްޕަ އުމުރުން ދުވަސްވެ، ލޯބޯ ކޮށިވެފައިވާ ހާލުގައި، އެމީހުންނަށް އެހީތެރިވެ އަޅައިލުމަކީ ކޮންމެ ދަރިއެއްގެ ވާޖިބެކެވެ. އެ ހާލުގައި އެމީހުންގެ ފުށުން ކުރިމަތިވާ އުނދަގޫތަކަށް ކެތްތެރިވާންވާނެ ކަމަށް ވެސް ޚުތުބާގައިވެއެވެ.

މައިންބަފައިންނަށް ކަމޭހިތުމުގެ ތެރޭގައި އެމީހުން ދުނިޔެ ދޫކޮށް ދިޔުމުން، އެމީހުންނަށް ހެޔޮ ދުޢާ ކުރުމާއި އެބައިމީހުންގެ ރަހުމަތްތެރިންނާ ގާތްގުޅުން ބާއްވަން ޖެހޭނެ ކަމަށް ވެސް ޚުތުބާގައި ބުންޏެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ހަފްތާ ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް