ކ. މާލެ
|
19 ޖެނުއަރީ 2023 | ބުރާސްފަތި 07:13
ރައީސް ޔާމީނާ ބައްދަލު ކުރެއްވުމަށް ކ. މާފުށީ ޖަލަށް ވަޑައިގަތުން
ރައީސް ޔާމީނާ ބައްދަލު ކުރެއްވުމަށް ކ. މާފުށީ ޖަލަށް ވަޑައިގަތުން
ޓްވީޓަރ
ރައީސް ޔާމީނާ ބައްދަލުކުރެއްވުން
ރައީސް ޔާމީނާ ބައްދަލުވި، ހުންނެވީ ފިސާރި ގަދަކޮށް: އަދުރޭ
އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް ރައީސް ޔާމީން ވިދާޅުވި

ކުރީގެ ރައީސް އަބްދުﷲ ޔާމީނާއި ބުދަ ދުވަހު ބައްދަލުވި ކަމަށާއި އެމަނިކުފާނު ހުންނެވީ ފިސާރި ގަދަކޮށް ކަމަށް ޕީއެންސީގެ ރައީސް، އަބްދުއްރަހީމް އަބްދުﷲ (އަދުރޭ) ވިދާޅުވެއްޖެއެެވެ.

ރައީސް ޔާމީނާއި ބައްދަލު ކުރެއްވުމަށްފަހު ކުރެއްވި ޓުވީޓެއްގައި އަބްދުއްރަހީމް ވިދާޅުވީ އަނިޔާވެރިކަމުގެ ކުރިމަތީގައި ކުޑަ ކަކޫ ނުޖައްސަވާނެކަމަށް ރައީސް ޔާމީން ވިދާޅުވި ކަމަށެވެ. އަދި އަޅުވެތިކަމަށް ބޯ ނުލައްބަވާނެކަމާއި މަޢުޞޫމްކަން ސާބިތުކޮށް ދެއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވި ކަމަަށް ވެސް ޓުވީޓުގައިވެއެވެ.

ވ އާރަށު ހިޔާނާތުގެ މައްސަލައިގައި ޔާމީނު 11 އަހަރަށް ޖަލަށް ލައި، 5 މިލިއަން ޑޮލަރުން ޖޫރިމަނާ ކުރުމަށް އެ ކޯޓުގެ އިސްގާޒީ އަހުމަދު ޝަކީލު ޙުކުމް ކުރައްވާފައިވަނީ މިދިޔަ ޑިސެމްބަރު މަހުގެ 25 ވަނަ ދުވަހުއެވެ. އެ ޙުކުމް އިސްތިއުނާފު ކުރައްވާނެކަމަށް ޔާމީނުގެ ވަކީލުން ވިދާޅުވެފައިވެއެވެ. ޔާމީނުގެ ވަކީލު އާދަމް ޝަމީމް ވިދާޅުވީ، ޝަރީއަތް ނިމުނު ގޮތުގެ ރިޕޯޓު ލިބިފައިވާ ކަމަށާއި، ކުރިއަށް އޮތީ ބުރަ ދުވަސްކޮޅެއް ކަމަށެވެ.

Advertisement

ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް މި އަހަރުގެ ރިޔާސީ އިންތިހާބުގައި ވާދަކުރެއްވުމުގެ ފުރުސަތު ގެއްލޭ ގޮތަށް ސަރުކާރުން ކަންތައްތައް ކުރާ ކަމަށް ބުނެ އިދިކޮޅުން ވަނީ ޔޫރަޕްގެ ގައުމުތަކުގެ ސަފީރުންނާ ވެސް ބައްދަލުކުރައްވާފައެވެ.

އެ ބައްދަލުވުމަށްފަހު އިދިކޮޅު ކޯލިޝަނުން ނެރުނު ނޫސް ބަޔާނެއްގައި ބުނީ، ގާނޫނާ ހިލާފަށް ޔާމީން ޖަލަށްލައި ސަރުކާރުން އެ މަނިކުފާނުގެ ޝަރީއަތަށް ނުފޫޒު ފޯރުވާފައިވާތީ މިނިވަން އިންސާފުވެރި ޝަރީއަތެއް ނުލިބޭ ކަމުގެ ކަންބޮޑުވުން ފާޅުކޮށްފައިވާނެ ކަމަށެވެ. އަދި އިދިކޮޅު ކޯލިޝަންގެ ރިޔާސީ ކެންޑިޑޭޓަކީ އަދިވެސް ޔާމީން ކަމަށާއި އެ މަނިކުފާނަށް އިންސާފު ހޯދައިދިނުމަށް ކުރާ މަސައްކަތް ހުއްޓާނުލާނެ ކަމަށެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 2 ދުވަަސް ކުރިން
ރިވިއު ކުރީ: މަރްޔަމް ދާނިޝް ނަޝީދު
- ކޮމެންޓް