ކ. މާލެ
|
15 ޖެނުއަރީ 2023 | އާދީއްތަ 17:18
ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ
ހޯމް މިނިސްޓަރ އައްޝެއިޚް އިމްރާން އަބްދުﷲ
މިނިސްޓްރީ އޮފް ހޯމް އެފެއަރޒް
2023ގެ އިންތިޚާބު
ވެރިކަން ކާމިޔާބު ކުރާނީ އަދާލަތު ހިމެނޭ ކޯލިޝަނަކުން: އިމްރާން
ރައީސް ޞާލިހު ވަނީ ވެރިކަމަށް ވަޑައިގަންނަވާނީ ކޯލިޝަން އަކާއި އެކުގައި ކަަމަށް ވިދާޅުވެފަ
އަދާލަތުން ތާއިދުކުރާ ވަކި ކެނޑިޑޭޓެއް އަދި ހާމައެއް ނުކުރޭ

މިއަހަރުގެ ސެޕްޓެންބަރުމަހު ބޭއްވުމަށް ހަމަޖެހިފައިވާ ރިޔާސީ އިންތިހާބު ކާމިޔާބުކުރާނީ އަދާލަތު ޕާޓީ ހިމެނޭ ކޯލިޝަނަކުންކަމަށް މިނިސްޓަރ އޮފް ހޯމް އެފެއަރޒް އަދި އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ވިދާޅުވެއްޖެއެވެ.

އިމްރާން މިފަދައިން ވިދާޅުވެފައި ވަނީ ރިޔާސީ އިންތިޚާބު ބާއްވާ ތާރީހު އިއުލާންކުރަން އިލެކްޝަންސް ކޮމިޝަނުން ނިންމުމާއި ގުޅިގެން ކުރެއްވި ޓްވީޓެއްގައެވެ. އަދާލަތު ޕާޓީ އަކީ މިހާރު ސަރުކާރު ހިންގާ ކޯލިޝަންގެ އެއް ޕާޓްނަރެވެ. 2018 ގައި ރިޔާސީ އިންތިޚާބުގައި ވާދަކުރި އިރު އެމްޑީޕީގެ ކެނޑިޑޭޓް އިބްރާހިމް މުހައްމަދު ޞާލިހު އަށް ތާއީދުކުރުމަށް އަދާލަތު ޕާޓީ އާއި ޖުމްހޫރީ ޕާޓީގެ އިތުރުން އެމްއާރްއެމް އިން ވަނީ ނިންމާފައެވެ. މި ސަރުކާރުގެ ވަޒީރުންގެ މަޖިލީހާއި ސަރުކާރުގެ އިސް މަޤާމުތަކުގައި ވެސް އަދާލަތު ޕާޓީގެ އިތުރުން ކޯލިޝަންގައި ހިމެނޭ އެހެން ޕާޓީތަކަށް ނިސްބަތްވާ މީހުން ހިމެނެއެވެ.

އަދި މިހާރު ރައީސް އިބްރާޙިމް މުހައްމަދު ޞާލިހު އެމްޑީޕީގެ ރިޔާސީ ޕްރައިމަރީގައި ވާދަކުރައްވަން ނިންމަވާފައިވާ އިރު އެމަނިކުފާނު ވަނީ ވެރިކަމަށް ވަޑައިގަންނަވާނީ ކޯލިޝަން އަކާއި އެކުގައި ކަަމަށް ވިދާޅުވެފައެވެ. އެކަމާއި ގުޅޭގޮތުން ރައީސް ޞާލިހު ވިދާޅުވީ ރާއްޖޭގެ ސިޔާސީ ފިކުރު އޮތް ގޮތުން ބަލާއިރު އެއްވެސް ޕާޓީ އަކަށް އެކަނި ނުކުމެ އިންތިޚާބު ކާމިޔާބު ނުކުރެވޭނެ ކަމަށެވެ. އެހެންކަމުން ވެރިކަން ކުރެވޭނީ ތަފާތު ފިކުރުގެ މީހުންނާއި އެކުގައި މަސައްކަތްކުރުމުގެ ގާބިލްކަން ހުރި މީހަކަށް ކަަމަށާއި އެ ކަން ކުރެވޭނެ ވެރިއަކީ އެމަނިކުފާނު ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ.

Advertisement

Advertisement
އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 ހަފްތާ ކުރިން
ރިވިއު ކުރީ: ފާޠިމަތު ޒުހައިރާ
- ކޮމެންޓް